ads
ރާއްޖެއިން އުމްރާއަށް ދިޔަ ބަޔަކު
އުމްރާގެ އަޅުކަމަށް ރާއްޖެއިން 600 އަށްވުރެ ގިނަ މީހުން
އުމްރާގެ އަޅުކަން އަދާކުރަން ސައޫދީ އަރަބިއްޔާ އަށް 600 އަށްވުރެ ގިނަ ދިވެހި އުމްރާވެރިން ފުރައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި އުމްރާގެ އަޅުކަން އަދާކުރަން އިއްޔެ ވަނީ ގިނަ ބަޔަކު ސައޫދީ އަރަބިއްޔާއަށް ފުރާފައިވާ ކަމަށާއި އުމްރާވެރިންނަށް ފަސޭހައިން ކަންކަން ހަމަޖައްސަން އެމްއޭސީއެލް ބުނެ އެވެ

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ އުމްރާއަށް ފުރާ މީހުން އައުމުގެ ކުރިން ލަޖެކް ގެންގޮސް ޗެކިން ކުރުމުގެ ހިދުމަތުގެ އިތުރުން އުމްރާއަށް ފުރާ މީހުންނަށް ވީއައިއޭގައި ހާއްސަ ކިއުއެއް ވެސް ހަދާފައިވާނެ ކަމަށެވެ.

ވީއައިއޭ މި ދުވަސްވަރު ވަރަށް ބާރުބޮޑު ކަމަށާއި ހުރިހާ ފަސިންޖަރުންނަށް ވެސް ޖާގަ އޮތް މިންވަރަކުން އެންމެ ފުރިހަމަ ހިދުމަތްދޭން މިދަނީ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެއާޕޯޓަށް ދިޔަ އާއިލާގެ ފަރާތްތަކަށް ބައްދަލު ކުރުމުގެ ހާއްސަ އިންތިޒާމު ތަކެއް ވެސް ހަމަޖެހިފައިވާނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.  

ވީއައިއޭއިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ ސައުދީއެއާއިންނެވެ. މި އެއާލައިނުން 131 މީހަކު ވަނީ ފުރާފަ އެވެ. 

  •  ހައްޖު ކޯޕަރޭޝަން 131 މީހުން ،
  •  ތަވައްކަލްތުއިން 104 މީހުން،
  •  އަލިއިން އިން 101 މީހުން
  •  ސަފާ އިން 100 މީހުން 
  •  ނިމްސާ އިން 78 މީހުން ،
  •  އަރަފާތު އިން 30 މީހުން،
  •  މުސާފިރީންއިން 35 މީހުން 
  • ދަރުމަ އިން މީހުން 29 

މި އަހަރުގެ އުމްރާ ދަތުރުގައި ބައިވެރިވެ އެވެ 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް