އަބްދުްްރަހީމް ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ވަކި މީހެއްގެ މިލްކެއް ނޫންކަމަށެވެ. އަދި އެއީ ގައުމިއްޔަތުގެ ފިކުރުކަމަށާއި އެ ފިކުރު އޮންނާނީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބައެއްގެ އަތްމަތީގައިކަމަށެވެ.
ރައީސް ޔާމީން، އުފައްދަން މަސައްކަތް ކުރާ ޕީއެންއެފް އިން މަޖިލީހަށް ނެރޭ ކެންޑިޑޭޓުން ތައާރަފު ކުރުމުގެ ނަމުގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ސަރުކާރާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރަންޖެހޭ ހަރަދު ބޮޑުވެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްނުދެވޭކަމަށް ވަނީ ވިދާޚުވެފައެވެ. އަދި ތިލަފުށިން ބިން ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދޭން ނިންމީ ތިލަފުށި ޕޯޓް ދުބާއީގެ ދުބާއީ ވޯލްޑަށް ދިނުމަށް ކަމަށާއި އެއީ ހިންގާ ބޮޑު ޖަރީމާއެއް ކަމަށްވެސް ޔަމީން ރޭ ވިދާޅުވިއެވެ.