ނިޔާވިއިރު އުމުރަކީ 81 އަހަރެވެ.
ފާއިޒުގެ ކަށުނަމާދު އޮތީ މިރޭގެ ތަރާވީހު ނަމާދަށް ފަހު ހުޅުމާލެ މަސްޖިދު ޒައިދު ބިން ސާބިތު (ހުޅުމާލެ ސަހަރާ މިސްކިތް) ގައެވެ.
ސައިހޮޓާގެ ވިޔަފާރީގައި މަސްހޫރުކަން ހޯދި ފާއިޒުގެ ފަރީދީމަގުގައި ހުޅުވި ދަނބުމާ ހޮޓަލަކީ މާލޭގައި ވަރަށް މަޝްހޫރި ވި ތަނެކެވެ. ރާއްޖޭގައި ފްރައިޑް ރައީސް ތައާރަފު ކުރި އެއްތަނަކީ ވެސް އެއީއެވެ.
1970 ގެ އަހަރުތަކުގައި މާފަންނުކޮޅު ގައި "ފިޒާ ނައިޓް" ނަމުގައި ފާއިޒު ހިންގި ރެސްޓޯރެންޓަކީވެސް އެ ދުވަސްވަރު އެންމެ މަޝްހޫރު ރެސްޓޯރެންޓެވެ.