އެ ޕާޓީން މިރޭ ބޭއްވި ނޫސްވެރިންގެ ބައަދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް އިންތިހާބުގެ ތަރުޖަމާން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ 70 ބިލިއަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭ ޕްރޮޖެކްޓެެއްކަމަށެވެ. އަދި ރަސްމާލެ ހިއްކާ ކުންފުންޏަށް ހުޅުމާލެއިން ދިން ބިންތަކުގެ އަގު މަޝްރޫއުގެ އަގާ ނުބައްދަލު ކަމަށެވެ.
އަމިއްލަ ފަރުދަކު ހުށަނޭޅި ނަމަވެސް، ރަސްމާލޭގެ ކޮރަޕްޝަން ވާހަކަތައް ދައްކާއިރު އޭސީސީން އަމިއްލަ އަށް އިސްނަގައިގެން އެ މައްސަލަ ނުބަލާތީ ހައިރާންވެ އަޖައިބުވާ ކަމަށްވެސް އީސަ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއު އޭސީސީގެ ލޮލުގައި އަޅާ ނުގަންނާތީ އެކަމުގެ ކަންބޮޑުވުން މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި ރައީސް ޔާމިންވެސް ވަނީ ރޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;