ads
ތިންވަނަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން
ތިންވަނަ ޑިވިޝަން އޮންނާނެ ކަމާމެދު ޝައްކު
ފަސްކޮށްފައިވާ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

އެފްއޭއެމުން މިދިޔަ ޖެނުއަރީ މަހުގެ10 ވަނަ ދުވަހު ތިންވަނަ ޑިވިޝަން މުބާރާތް ފަށަން ތާވަލު ކުރިއެވެ. އެކަމަކު މި މުބާރާތުގެ އެއްވެސް އަޕްޑޭޓެއް ނެތި ދިޔުމަށް ފަހު މިއަދު އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ވިދާޅުވީ 2023-2024 ފުޓްބޯޅަ ސީޒަން ނިމުނީތޯ ނުވަތަ ނޫންތޯ އަދި ނުނިންމާ ކަމަށެވެ. އަދި ތިންވަނަ ޑިވިޝަން އޮންނާނެތޯ ސުވާލުކުރުމުން އެފްއޭއެމުން އެކަމަށް ޖަވާބެއް ނުދެއެވެ. އެހެންކަމުން މުބާރާތް އޮންނާނެ ކަމާމެދު ޝައްކެވެ.

ދެވަނަ ޑިވިޝަން މުބާރާތްވެސް ފެށުނީ އެކި ފަހަރުމަތިން ލަސްކުރުމަށް ފަހުއެވެ. އެކަމަކު މުބާރާތްވަނީ ކުޅެ ނިންމާލާފައެވެ.

އެފްއޭއެމްގައި ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެން ތަހުގީގު ހިނގަމުންދާއިރު، އަންނަ މަހު ބާއްވަން ނިންމާފައިވާ އެ އިދާރާގެ އިންތިހާބުވެސްވަނީ ފީފާއިން ހުއްޓުވާފައެވެ. އަދި އެފްއޭއެމްގެ ރައީސްގެ މައްޗަށް ޖިނާއީ ދައުވާތަކެއްވަނީ އުފުލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް