ads
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ލުމަށް މީހެއްގެ އަތުގައި ފާހަގަ ޖަހަނީ
މަޖިލިސް އިންތިހާބު، ވޯޓްލެވޭ އަދަދު 284،663
އަންނަ މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށް އީސީން ވަނީ ޝަކުވާ އަށް ހުޅުވާލާފައެވެ.  މި މަހުގެ 17 ގައި ބާއްވަން ނިންމި އިންތިހާބު އަންނަ މަހުގެ 21 އަށް ފަސްކުރުމުން ވޯޓާސް ލިސްޓަށް 336 މީހަކު މިވަނީ އިތުރުވެފައެވެ. 

ވޯޓާސް ދެ ޖިންސަށް ބެހޭ ގޮތް 

  • އަންހެން 139،361
  • ފިރިހެން 145،302

މަޖިލިސް އިންތިހާބުގައި ޖުމްލަ 608 ވޯޓް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އޭގެތެރެއިން 3 ފޮއްޓަކީ ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮއްޓެވެ.

ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ، އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި އެވެ.

ވޯޓް ފޮށި ބަހައްޓާނެ ތަންތަން 

  • މާލޭ 181 ފޮށީ 
  • ހުޅުމާލެ 51 ފޮށި 
  • އަތޮޅުތެރެ 325
  • ވިލިމާލެ 9
  • ރިސޯޓް 34 
  • ރާއްޖެއިން ބޭރުގައި 3 
  • ޖަލުތައް 5 

20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް