ads
މަޖިލިސް ކެމްޕެއިންގައި ރައީސް މުއިއްޒު ޑޯޓު ޑޯ ހިންގަވަނީ
މާލޭގެ ހުރިހާ މަގެއް ޗައިނާއިން ހިލޭ ހަދައިދޭނެ : ރައީސް
މާލޭގެ ހުރިހާ މަގެއް ޗައިނާއިން ހިލޭ ހަދައިދޭން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި، މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލޭ ސަރައްހަދުން އެންމެ އިސްކަމެއް ދެނީ ބޯހިޔާވަހިކަމާއި މަގު ހެދުންކަމަށެވެ. 

ރައީސް ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތް ހިލޭ ކޮށްދޭން ޗައިނާއިން އެއްބަސްވެފައިވާކަމަށެވެ. 

"މި މާލޭގެ ހުރިހާ މަގެއް، ހިލޭ ހަދައިދޭން، ޗައިނާއިން މިހާރު އެއްބަސްވެއްޖެ، ޗައިނާއިން ހިލޭ ހަދައިދޭ ގޮތަށް މިހާރު ހަމަޖެހި ނިމިފައި އެ ވަނީ،" ރައީސް ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސިޓީއެއްގެ ބޮޑެަތި މަގުތައް ހަދާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެހެން ރަށްތަކުގައިވެސް އެރަށެއްގެ އެންމެ ބޮޑުމަގު ހަދާދޭނެކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް