އެ މަގާމަށް ކުރީގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ޒަރީރު އައްޔަންކުރީ މިރޭ ބޭއްވި ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށްފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ.
ޒަރީރު އެ މަގާމަށް އައްޔަންކުރިއިރު، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރަން އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފަ އެވެ.
އޭގެއިތުރުން ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލީ ފާރިސް މުހައްމަދު އީޖީއެމްގައި ވަނީ އައްޔަންކޮށްފަ އެވެ.
އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާއެކު، ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން: