ads
އައިޖީއެމް ހޮސްޕިޓަލް
މާލެއިން ހުމެއް ނުފިލި، އަދިވެސް ވަނީ އިތުރު ސަމާލުވޭ
މިހާރު ފެތެރުމެންދާ ވައިރަލް ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު މައްޗަށް ދާކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) އިން ބުނެފި އެވެ.

މިހާރު އުޅޭ ހުންގަނޑު ލައްވާލައިގެން އެންމެ ގިނަ މީހުން ރިޕޯޓްކުރަނީ މާލޭގެ އިތުރުން ހދ. އަތޮޅާއި ހައްދުންމައްޗާއި ގދ. އަތޮޅުންނެވެ. 

ހުންޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރަށް ބަލާއިރު މިމަހުގެ މިހާތަނަށް 6225 މީހަކު ހުން އައިސްގެން ވަނީ ޑޮކްޓަރަށް ދައްކާފައެވެ. މީ މިދިޔަ މަހާއި އަޅާ ބަލާއިރު 1269 ކޭސް އިތުރު އަދަދެކެވެ. މިދިޔަ މަހުގެ ހުންޖެހިގެން ރިޕޯޓް ކުރި އަދަދު ހުރީ 4956 ގައެވެ. 

ހުން އައިސް ރޯގާގެ އަލާމާތްތައް ހުރި ނަމަ ދަރިވަރުން ސްކޫލަށް ނުފެނުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ކެއްސާއި ކިނބިހި އަޅާނަމަ މާސްކު އަޅައިގެން އުޅުމަށްވެސް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ. 

މީގެއިތުރުން އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ނޮފޮނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް