ads
އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު
އައްޑޫ ކަރަންޓް، ފެނަކައިގެ ވެރިން ދިނީ ބީރުކަންފަތެއް: މޭޔަރު
އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަައިން މަސައްކަތް ނުކޮށް އެތަނުގެ އެންމެ އިސްވެރިން ދެނީ ބީރުކަންފަތެއްކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓް ހާލަތު ގޯސްވެ މިމަހުގެ 11 ވަނަދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެކި ސަރަހައްދުތަކުން ކަރަންޓް އަންނަނީ ކަނޑަމުންނެވެ.  

މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ މާބޮޑު އުއްމީދެއް ނެތްކަމަށެވެ. އަދި މި މައްސަލަ މިހެން ދިމާވާކަން ތަކުރާރުކޮށް ފެނަކައަށް ހުށައެޅިނަމަވެސް އެތަނުގެ އެންމެ އިސްވެރިންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭކަމަށްވެސް މޭޔަރު ނިޒާރު ވިދާޅުވި އެވެ. 

"އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އިތުރަށް ސަމާލު ވާން އެބަޖެހޭ. ރޯދަމަހެއްގައި ގަޑި އަކުން ގަޑިއަކުން ކަރަންޓް ކަޑަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ރައްޔިތުން އުފުލަން ޖެހިފައިވާ މައްސަލައެއް." މޭޔަރު ނިޒާރު އެކްސްގައި ލިޔުއްވާފައިވެ އެވެ.

ފެނަކައިން ބުނެފައި އެންމެ އަވަހަށް ޖަނަރޭޓަރު ފޮނުވަން ނިންމާފައިވާ 4 ރަށުގެ ތެރޭގައި އައްޑޫ ސިޓި ހިމެނޭކަމަށެވެ. އެ ސިޓީއަށް ފޮނުވާ 1 މެގަވޮޓްގެ ޖަނަރޭޓަރު ރާއްޖެ ގެނެސް ކަސްޓަމުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. 

އައްޑޫ ސިޓީއަށް ކަރަންޓް ދެމުން އަންނަ ފެނަކައިން މީގެކުރިން ބުނެފައިވަނީ އެ ސިޓީން ކަރަންޓް ކަނޑަމުން އަންނަނީ ސެންޓްރަލް ޕަވަރ ޕްލާންޓްގެ 1 މެގަވޮޓްގެ ޖަނެރޭޓަރަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެންކަމަށެވެ. މި ޖަނެރޭޓަރުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން 2 މެގަވޮޓްގެ ޖަނަރޭޓަރެއްގެ މަރާމަތުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް ފެނަކައިން ކުރިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް