ads
އދގެ ގަރާރަށް ރައީސްގެ ތައުރީފު، ފުރިހަމައަށް އިޒްރާއީލުން އަމަލުކުރޭ
ނިރުބަވެރި އިޒްރާއީލުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އިސްރާއީލުން ފުރިހަމައަށް އަމުލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
Advertisement

ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ގަރާރެއް އެމެރިކާއިން އެއްވެސް ކޮޅަކަށް ވޯޓްދީފައެއް ނުވެއެވެ. ގަރާރާއި އެއްކޮޅަށް ވޯޓްދީނީ ސަލާމަތީ މަޖިލީހުގައި ތިބޭ  15 މެމްބަރުންގެ ތެރެއިިން 14 މެމްބަރުންނެވެ. 

މި ގަރާރު ފާސްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީ އެތައް ދުވަހެއްވަންދެން ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ނިންމުމެއްކަމަށެވެ. އަދި ރޯދަމަހާއި ދިމާކޮށް ގަޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ސަލާމަތީ މަޖލީހުން މކަހަލަ ގަރާރެއް ފާސްކުރުމަކީ އެތައް ދުވަހެއް ކުރިން ކުރަންޖެހިފައި އޮތްކަމެއްކަމަށެވެ. 

ރައީސް މުއިއްޒުވަނީ އދ. ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އިޒްރާއިލުން ފުރިހަމައަށް އަމަލުކުރުމަށް ގޮވާލާފައެވެ. އަދި ހަނގުރާމަ ހުއްޓާލުމަކީ އައްޒާގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ބާރު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ދުނިޔެއިން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ." ރައީސް މުއިއްޒު ވިދާޅުވި އެވެ.

7 އޮކްޓޯބަރު 2023، ގައި ގާޒާ ހަނގުރާމަ ފެށުނު ހިސާބުން ހަމަލާތައް ހުއްޓާލުމަށް ސެކިއުރިޓީ ކައުންސިލަށް ވަނީ ގަރާރުތަކެއް ހުށަހަޅައިފަ އެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ގަރާރެއް ފާހެއް ނުވެ އެވެ.

ގަރާރުތައް ފާސް ނުވަނީ އެމެރިކާއިން ވީޓޯ ކުރާތީ އެވެ. ސެކިއުރިޓީ ކައުންސިލުގެ ދާއިމީ ފަސް މެންބަރު ގައުމަކުން ކުރެ ގައުމަކުން ވީޓޯކޮށްފި ނަމަ ގަރާރު ފާސްކުރެވޭކަށް ނޯވެ އެވެ.

އިޒްރޭލާއި ހަމާސް އިން ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލި ގަރާރުގައި، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން ވެސް އެއްވެސް ޝަރުތަކާނުލައި ދޫކޮށްލަން ވެސް ވަނީ ގޮވާލައިފަ އެވެ.

މި ގަރާރު ފާސްކުރި ވޯޓަށް ފަހު ވާހަކަދައްކަމުން އދ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަ މަންދޫބު ލިންޑާ ތޯމަސް ގުރީންފީލްޑް ބުނެފައިވަނީ މި ގަރާރު މިހާދުވަހު ފާސް ނުވެ އޮތީ ހަމާސް ޖަމާއަތުގެ ސަބަބުން ކަމަށެވެ. 

އަދި މި ގަރާރުގައިވާ ހުރިހާ ނުކުތާ އަކަށް އެމެރިކާ އަށް އެއްބަސް ނުވެވޭ ކަމަށާއި މި ގަރާރު ފާސްކުރަން ނެގި ވޯޓުގައި އެމެރިކާ އިން ބައިވެރިނުވީ އެސަބަބާއި ހުރެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ގަރާރު ފާސް ކުރުމާއެކު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، "އެ ގަރާރު ތަންފީޒު ކުރަންޖެހޭނެ" ކަމަށާއި ތަންފީޒު ނުވެއްޖެ ނަމަ އެކަން ވާނީ "ގަބޫލު ނުކުރެވޭނެވަރުގެ ބަލިވުމެއް" ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 32000 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުން ފެނަށް ދަތިކޮށް، މަގުތައް ހަލާކު ކުރަމުންދާތީ ގިނަ އަދަދެއްގެ މީހުންގެ ހަމަލާތަކުގެ ބޭރުން ވެސް އަންނަނީ މަރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް