ގައްސާން ކޮމެޓީއަށް ހާޒިރުކުރުމަށް ހުށައެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުއެވެ. މި ހުށަހެޅުމަށް ތާއީދުކުރީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ. ގައްސާން ކޮމެޓީއަށް ހާޒިރުކުރަން ފާސްވީ ކޮމެޓީގެ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލުތަކަކަށް ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދަވާނެ ކަމަށެވެ. އަދި މިހާރު ފެނިފައިހުރި ކަންތައްތަކުގައި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ އިތުރު މައުލޫމާތު ދިފާއީ ވުޒާރާގައި އެބަހުރި ކަމަށްވެސް ގައްސާން ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައުލޫމާތު ހިއްސާ ކުރެވޭނީ މަޖިލީހުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގައްސާން މިހެން ވިދާޅުވުމުން އެ މައުލޫމާތު ހޯދުމަށް މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އިއްޔެ ހުށައަޅުއްވާފައެވެ.
ތުރުކީ ވިލާތުން ގެނައި ޑްރޯން ތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިއްޔެ މަޖިލީހުގައި ގައްސާން ވިދާޅުވީ އެ މައުލޫމާތު މަޖިލީހުގެ ތަޅުމުގައި އާއްމުކުރަން އުޒުރުވެރިވެޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް 241 ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގައި އެ މައުލޫމާތު ހިއްސާކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ.