އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޑި މާރިއާ އަށް އިންޒާރު ލިބުނީ، ރޮސާރިއޯގެ ބޭރުގައި ހުންނަ އޭނާގެ އާއިލީ ގެއިންނެވެ.
މި އިންޒާރު ލިބުނީ މިހާރު ޕޯޗުގަލްގެ ޗެމްޕިއަން ބެންފިކާއަށް ކުޅެމުން އަންނަ ޑި މާރިއާ އޭނާގެ ކެރިއަރު ނިންމާލަން ބޭނުންވަނީ ރޮޒާރިއޯގައި ކަމަށް ބުނިތާ ހަފްތާއެއް ފަހުންނެވެ. އެއީ އޭނާގެ ކުޑައިރުގެ ޓީމެވެ.
ޑިމާރިއާއަށް ލިބިފައިވާ އިންޒާރަކީ، ރޮސާރިއޯއަށް ނިސްބަތްވާ ޑްރަގް ގޭންގެއްގެ އިންޒާރެއް ކަމަށްވެއެވެ.ޑި މާރިއާއަށް ލިބުނު މި އިންޒާރާ ގުޅިގެން ފުލުހުން އަންނަނީ އެކަން މިހާރު ބަލަމުންނެވެ. މީޑިއާއިން ބުނީ އިންޒާރުތައް ދިން ސަބަބެއް އަދި ސާފު ނުވާ ކަމަށެވެ.
މިދިޔަ އަހަރު އާޖެންޓީނާގެ ކެޕްޓަން މެސީއަށްވެސް މި ފަދަ އިންޒާރެއް ލިބިފައިވެއެވެ.