ads
ޗައިނާގެ ޝީޒަންގް އޮޓޮނޮމަސް ރީޖަންގެ ޗެއާމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި ރައީސް ޑރ. މުއިއްޒާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ޗައިނާއިން ހަދިޔާކުރި ދޮޅުހާސް ޓަނުގެ ފެން ރާއްޖެ ގެނެސްފި
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެން ރާއްޖެއަށް ގެނެސްފި އެވެ.

މި ފެނަކީ ޗައިނާގެ ޝީޒަންގް އޮޓޮނޮމަސް ރީޖަންގެ ޗެއާމާން މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާ ކުރަން ނިންމަވާފައިވާ ބޯފެނެވެ. އަދި ހަދިޔާކުރި ފެނުގެ ޝިޕްމެންޓް މިހާރު ރާއްޖެ ގެނެސްފަ އެވެ.

އެ ދަތުރުގައި ހަދިޔާކުރަން ހަމަޖެހުނީ ގްލޭސިއަލް ނުވަތަ ފިނި ގަދަ ސަރަހައްދުތަކުގެ ގަނޑުފެނުން އުފައްދާ ފެނެވެ. މި ފެނަކީ ސާފުކަން ބޮޑު އަދި ގިނަ އަދަދެއްގެ މިނެރަލް ހިމެނޭ ފެނެކެވެ.

ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އެކި ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ފެން ބޭނުން ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް