ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(26 މާރިޗު 2024 އާ ގުޅޭ) "އޮހް.. ހޯ.. ޝީ އިޒް.. މައިން! ހަމަ މިހާރު ދުރަށް.." ހަރުކަށިކަމާއެކު ބުނެލިއަޑު އިވުނެވެ.
Advertisement

އަލްހަމްދު ލިއްލާހިއެވެ. އެއަޑު އަހަރެން ދަންނަމެވެ. ހަމަ އެވަގުތުގައި ދެ ލޯ ހުޅުވާލެވުނެވެ.

"މިންހާލް"

ވައިއަޑުން ބުނެލެވުނެވެ. އޭރު އަހަރެންގެ އަތުގައި މިންހާލް ހިފަހައްޓައިފިއެވެ.

"ކިހިނެއްވީ ބޭބީ؟"

ހިނިތުންވުމާއެކު މިންހާލް ވާހަކަދެއްކި ގޮތުން ހިރިލާންވެސް ނޭގިފައި އަހަންނަށް ހުރެވުނެވެ.

"ކަލޯ.. މި މަންޖެ ވެސް.. ހުހެއްނޫން.. މިރޭ ހަންޓު ކޮށްލާނެ.. ޗިކެއްވެސް ނުލިބުނީތަ.." އެއިގެ ތެރެއިން މީހަކު ބުނެލިއަޑު އިވުނެވެ.

"ގަޓޭ..! ހަންޓު ނިންމާނީ ... ފަތިހަށް އެޅީމައި.. އަދި ލިބޭނެ" ބުނެލިއަޑު އިވުނެވެ.

ހަމަނޭވާއެއް ލެވުނުއިރު އިނދެވުނީ މިންހާލްގެ ކާރު ތެރޭގައެވެ. އެތަނުގެ ތެރެއިން އަހަރެން ގެނެސް މިންހާލްގެ ކާރުތެރެއަށް ލީ އިރެއްވެސް ނޭގުނެވެ. އަހަރެން ގެނައީ އުފުލާލައިގެން ކަމެއް ނޫނީ އާދެވުނީ ހިނގާފައިކަމެއްވެސް ނޭގެއެވެ.

"މިޒްރާ.. އެއްވެސް ނުރައްކަލެއް ނެތް.. ދެން ހާސްނުވޭ.. ހަމަޖެހިލާ.. ފުންކޮށް ނޭވާއެއް ލާފައި މަޑުމަޑުން ނޭވާ ދޫކޮށްލާ.." އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ވީ އިތުރެވެ. އިސްޖަހައިލެވުނީ އަހަރެންގެ ނިކަމެތިކަން ހިތައް އަރާފައެވެ.

"ހެއި.. ޝްޝޝ... ނުރޮއި.. ހުއްޓާލާ.." އަހަރެންގެ ކޯތާފަތުން ކަރުނަ ފޮހެލައިދެމުން މަޑުމަޑުން މިންހާލް ވާހަކަދެއްކިއެވެ.

"ތޭންކް ޔޫ"

"އިޓްސް އޯކޭ މިޒް.. ދެން ނުރޮއެ.. ހުއްޓާލާ"

ދެއަތުން އަހަރެންގެ ކަރުނަތައް ފޮހެލީމެވެ.

"މިންހާލް! ޕްލީޒް.. މީގެ އެއްވެސް ވާހަކައެއް ނާދިފް ކައިރީގައި ނުބުނައްޗޭ"

އާއެކޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތްކޮށްލަމުން އޭނާގެ ފެންފުޅި އަހަންނަށް ދިއްކޮށްލިއެވެ.

"ހިނގާ..  ގެއަށް ގެންގޮސްދޭނަން.."

ބޮލުން ހަރަކާތްކޮށްލަމުން އަހަރެން ބޭރު ބަލަން ފެށީއެވެ.

..........................

"ވެއަރ ދަ ހ-ލ އިޒް ދިޒް މިޒްރާ! މިރޭ އަހަރެން ނުބުނަން ލަހުން ގެއަށް އަންނާށެކޭވެސް.. ނުލާހިކު ހެނދުނާ ފުރަންޖެހޭ.. ފޮށިވެސް ތައްޔާރު ކުރަންޖެހޭނެ.. އެއިން އެއްވެސް ވާހަކައެއް ދައްކާނެ ވަގުތެއް މިއަދު ނުލިބުން.."

އަމިއްލަ ނަފުސައް ވާހަކަދައްކަމުން އަހަރެން ބެލްކަނީގެ އެއްކޮޅުން އަނެއްކޮޅަށް ބުރުޖަހަމުން ދިޔައީމެވެ. އަދިވެސް އޭނާގެ އެއްވެސް ހިލަމެއް ނެތެވެ.

"މިއީ އަހަންނަށް ވަރަށް މުހިއްމު ދަތުރެއްކަން އޭނާއަށް ވަރަށް ރަގަޅަށް އިނގޭނެ.. މިރޭ ޖެއްސުން އެކުރަނީ އެސަބަބަށްޓަކައި"

"އަހަރެންގެ ބޮލަށް  އުނދަގޫވެއްޖެ.. ރުޅިވެސް ގަދަވާން ފަށައިފި..  އޭނަގެ މައްސަލައަކީ ކޮބައި..؟ ރޭގަނޑުގެ މިހާ ދަންވާއިރު ގެއަށް ނައިސް، މިޒްރާވީ ކޮންތާކު...؟ އަންހެންކުދިންގެ ކަންތައްތަކަކީ އަހަންނަށް ތަހަންމަލްކުރެވޭ ވަރުގެ ކަންކަމެއް ނޫން.. އެއްކޮޅުން ޕްރީޝާ.. އަނެއްކޮޅުން މިއުޅެނީ ބޭކާރު މީހެއް...! ހުރިހައި ކަމަކަށްވުރެން މިކަންތައް، ބޮޑު ބޮލު ރިހުމަކަށްވެއްޖެ..!"

ސިކުނޑިއަށް އުނދަގޫވަމުންދިޔަ މިހުރިހައި ޚިޔާލްތަކެއްގެ ޝަކުވާއާއެކު އަހަރެން ބެލްކަނީގައި ބުރުއަޅަމުން ދަނިކޮށް ގޭ ދޮރުމައްޗަށް ހުއްޓާލީ ކާރެކެވެ. އެއިގެން ފައިބާ މީހަކަށް އަހަރެން ނުފެންނާނެގޮތަށް ގަސްމުށިގަނޑަކާއި ނިވާވެލީމެވެ.

ޕެސެންޖަރ ސީޓުން މިޒްރާ ފައިބަނިކޮށް ފެނުމުން އަހަރެން ހައިރާންވިއެވެ. ދެން ފެނުނީ ޑްރައިވަރ ސީޓުން މިންހާލް ފޭބިތަނެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. އަހަރެންގެ ކަންފަތުން ހޫނު ނިކުންނާން ފެށިއެވެ.

ކާރުން ފައިބައިގެން ގޭގެ ދޮރާއި ގާތަށް އައިސް ދެމީހުން މަޑުކޮށްލީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. ދެން ފެނުނީ މިޒްރާ، މިންހާލް ގައިގައި ބައްދާލިތަނެވެ. ހަމަ އެވަގުތު މިންހާލް ހިނިތުންވެލި މަންޒަރު ފެނުނެވެ. 'ގުޑްބައި ޓާޓާ'ކިޔާފައި މިޒްރާ ގޭތެރެއަށް ވަންނާންދެން މިންހާލް ކާރަށް ނާރައި މަޑުކުރިއެވެ.

އަހަރެންގެ ރުޅި ކޮންޓްރޯލުން ނައްޓަނީކަން އެގެއެވެ. މާދަމާއަކީ އަހަރެންގެ މިއުޒިކްގެ ހަޔާތުގައި މުހިއްމު ދުވަހެކެވެ. މުހިއްމު ވީޑިއޯއެއް ޝޫޓްކުރަންޖެހޭ ދުވަހެކެވެ. މިޒްރާގެ  'ޑޭޓް' އަށް ދިއުމަށް އޭނާއަށް އެނގުނީ މިރޭ ހެއްޔެވެ؟

"މިންހާލް..! އަހަރެން ލޮނާވްލާއިން އަންނަ ދުވަހަކީ ކަލޭގެ ވަޒީފާގެ އެންމެ ފަހު ދުވަސް.." ރުޅިގަދަވެގެން ދަތްކުނޑިވިކާލާފައި އަހަރެންގެ ނަފުސަށް ވައުދުވީމެވެ.

ބެލްކަނީން، ކޮޓަރިއަށް އައިސް ބާރަށް ހިނގާފައި އަހަރެން ފޭބީ ތިރިއަށެވެ. މިޒްރާގެ ކޮޓަރިއާއި ދާދިގާތަށް އޭރު އޭނާއަށް އާދެވިއްޖެއެވެ.

ފަހަތުން ގޮސް، ކޮންޑުގައި ކޮށްޓާލިމެވެ.

ކުއްލިޔަކަށް ފަހަތައް އެނބުރުނީ ވަރަށް ތަފާތުގޮތަކަށެވެ. އަހަރެން އަތްލިކަން އެނގުމުން ބިރުގަތްކަން ޔަގީންވިއެވެ. އޭނާގެ ލޮލާއި މޫނުމަތީން ފެނުނު ބިރުވެރިކަން ނުފެންނަކަމަށް އަހަރެން ހެދީމެވެ. އަހަރެންގެ ސިކުނޑި އެދުނުގޮތަށް ހަޅޭއްލަވަން ފެށީމެވެ.

"ވަޓް ދަ ހ-ލ މިޒްރާ!"

އަހަރެން އަޑަށް އޭނާ ސިއްސައިގެން ދިޔައެވެ. ނަމަވެސް ހައިރާންވީ މޫނުމަތީން އެއްވެސް އަސަރެއް ނުފެނުމުންނެވެ.

"ކަލެއަށް ހަމަ ރަގަޅަށް އިނގޭނެ މާދަމާ އަހަރެން ފުރަންޖެހޭކަން.. އަހަންނާއެކު ކަލޭވެސް.."

ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ.

"ފޮއްޓަށް އެއްޗެހި އަޅާކަށްވެސް ނުޖެހޭތަ..؟ ބުނަން މިޒްރާ! މާދަމާ އަހަރެން ބޭނުމެއް ނޫން އެއްވެސް މައްސަލައެއް ކުރިމަތިވާކަށް.. އަދި.."

"އައި ވިލް"

އަހަރެންގެ އަނގައިގަ އެއްބުރި އޮއްވައި އޭނާ ބުނަން ބޭނުން އެއްޗެއް ބުނެފައި ހިގައިގަތެވެ.

 އަހަރެން ކުރިމަތީން އޭނާ ގެއްލެންދެން ބަލަހައްޓައިގެން ހުރެވުނެވެ.

...................

ދަތުރަށް އަހަރެން ފުރިހަމައަށް ތައްޔާރުވީމެވެ. ނޫކުލައާއި ހުދުކުލަ ހިމޭނޭ ޕްރިންޓެޑް ޓީޝާޓްއަކާއި ކަޅު ޖީންސެއް ލީމެވެ. ޕްރީޝާ ދީފައި އިން ކެލްވިން ކްލެއިން ސެންޓްފުޅިން ސްޕްރޭ ކޮށްލީމެވެ. އަހަރެންގެ އެންމެ މަގުބޫލު ގަޑިތަކުގެ ތެރެއިން އެވަގުތައް ހިތް އެދުނު އެންމެ ހިތްގައިމު ގަޑި އަޅައިލީމެވެ. ތިރިއަށް ފޭބުމުގެ ކުރިން އެންމެ ފަހު ފަހަރެއްކަމަށް ބަލާފައި އަހަރެންގެ އިސްތަށިގަނޑު ރަގަޅުކޮށްލީމެވެ.

ގަޑިން ނުވައެއް ޖަހަން ކައިރިވަނީއެވެ.

ތިރިއަށް ގޮސް ސިޓިން ރޫމް ބަލައިލީމެވެ. އޭރުވެސް މިޒްރާގެ ޚަބަރެއް ނެތެވެ. އޭނާގެ ފޮށިވެސް ނެރިފައެއް ނެތެވެ.

"މިއީ ހާދަހާ އުނދަގޫބޮޑު އަންހެނެކޭ.."

އައި ރުޅީގައި އޭނާގެ ކޮޓަރިއަށް ދިޔައީމެވެ. އޭރު ކޮޓަރި ދޮރުހުރީ ކުޑަކޮށް ހުޅުވިފައެވެ. ދޮރު އެއްފަރާތްކޮށްލަމުން އެތެރެއަށް ފިޔަވަޅެއް އެޅީމެވެ. ކުޑަދޮރުކައިރީގައި ކަކުލުގައި ބައްދާލައިގެން މިޒްރާ އިނީ ބޯޅައެއްހެން ވަށްވެލައިގެންނެވެ. އޭނާގެ މޫނެއް ނުފެނެއެވެ.

"އަހެމްމމ"

މަޑުމަޑުން ބޯ ހިއްލާލީ އަހަރެންގެ އަޑު އިވިގެންނެވެ.

އެތެރެއަށް ވަނީމެވެ. ގަބޫލުނުކުރެވިފައި އަހަރެން މިޒްރާއަށް ބަލައިލީމެވެ. އަހަރެންގެ ނޭވާ ހޮޅީތެރޭ ތާށިވިހެން ހީވިއެވެ. އޭނާ އެ އިނީ ކިހިނެއް ވެފައި ހެއްޔެވެ؟ މުޅި މޫނުން އޮއްދާ ހިއްލާފައެވެ. ދެ ލޯ ރަތްވެ، ދުޅަވެފައެވެ. އަތުގެ އެތަންމިތަނުގައި ވަކި އަޅާފައި ހުރި ނިޝާންތައް ތާޒާކޮށް އެބަހުއްޓެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތުގެ ދެތިންތަނެއް ކަނޑައިގެން ގޮސްފައި އެބަހުއްޓެވެ. ފެންނަފެނުމަށް ހީވަނީ އަމިއްލަ ހަށިގަނޑަށް ވަރަށް ރަހުމުކުޑަ އަނިޔާތަކެއް ދީފައި ހުރިހެނެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އަހަންނަށް ރޭގައި ފާހަގަކުރެވުނު ގޮތުން، ގެއަށް އައިއިރު އޭނާ މުޅިން ރަގަޅެވެ.

"ހޭވް.. ޔޫ.. އީވަން.. ޕެކްޑް.." މަޑުމަޑުން އަހަރެން އަހައިލީމެވެ.

"ޔެސް"

ކުޑަދޮރުން ބޭރު ބަލަމުން އޭނާ ޖަވާބު ދިނެވެ. އަދި އޭނާގެ ފޮށި ހުރި ދިމާއަށް ބަލައިވެސް ނުލައި، އިނގިލި ދިއްކޮށްލިއެވެ.

ކަރުނުން ފުރިފައިވާ ދެލޮލާއި، މިލާމޯޅިވެފައިވާ މޫނު އަހަންނަށް ފޮރުވާން  މަސައްކަތްކުރިއެވެ. އޯގާތެރިއެއްގެ ދެއަތުގެ ތެރޭގައި ބޮނޑިވެލުމަށް އޭނާ އެދޭފަދައެވެ. ހުރިހައި ކަމެއް ރަގަޅުކަމަށްބުނެ، ހިތްވަރުދީ ފިރުމާލާނެ މީހަކު މިވަގުތު އޭނާ ބޭނުންވާކަން އަހަރެން ދެނެގަތީމެވެ. ނޭގޭ ރިހުމަކުން ހިތުގައި ވިންދެއް ޖަހައިލިއެވެ.

"މިޒްރާ.... އާރ ޔޫ" އޭނާއާއި ދާދި ގާތަށް ފިޔަވަޅެއް އަޅަމުން އަހަރެން ވާހަކަދައްކަން މަސައްކަތްކުރީމެވެ. އޭނާގެ ރިހުންތައް ނުވަތަ ވެގެންއުޅޭ ގޮތެއް އަހަންނާއި ހިއްސާކޮށްލާނެކަމުގެ އުއްމީދުގައެވެ. 

"އައި'ލް ބީ ރެޑީ ބައި ޓެން"

އަހަރެންގެ ވާހަކަ މެދުކަނޑާލަމުން އޭނާ ބުންޏެވެ.

ހަދައިދެންވީ ގޮތެއް ނުވަތަ މިވަގުތު ކަންކުރާންވީ ގޮތެއް އަހަންނަކަށް ނުވެސް ވިސްނުނެވެ. މިކަހަލަ ހާލަތެއް ޕްރީޝާއަށް ދުވަހަކުވެސް މެދުވެރި ނުވެއެވެ. އިރުކޮޅަކު އޭތާގައި ހުރުމަށްފަހު އަހަރެން ކޮޓަރީން ނިކުތީމެވެ.

ފޮށިތައް ކުރިމަތީގައި ބަހައްޓާފައި އަހަރެން އިށީނީ ސޯފާގައެވެ. ފަނަރަވަރަކަށް މިނެޓްފަހުން އޭނާގެ ކުޑަކުޑަ ފޮށި ދަމަމުން އައިސް އަހަރެންނާއި ދާދި ގާތުގައި ހުއްޓުނެވެ. ލައިގެން ހުރީ މަޑު ފިޔާތޮށިކުލައިގެ ވަރަށް ރީތި ހެދުމެކެވެ. އޭނާގެ ފަން އިސްތަށިގަނޑު ފަހަތައް ދޫކޮށްލާފައި އޮތެވެ. ކުޑަކޮށްވެސް މޭކަޕްކޮށްފައެއް ނެތެވެ. ދެ ލޮލާއި ތުންފަތް އަދިވެސް ވަރަށް ދުޅައެވެ. ފެންނަފެނުމަށް ހީވަނީ އަނިޔާވެރިޔަކު އޭނާގެ ދިރުމެއްނެތް ހަށިގަނޑުން ހުރިހައި ހަކަތައެއް ފޭރިގެންފައިވާހެނެވެ.

އެކަމާއިމެދު އިތުރަށް ސުވާލުކޮށް، ވީނުވީ ބަލަން އަހަރެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަން  ވިސްނުނެވެ. އެކަން ކުރަން ހަގީގަތުގައި ބޭނުމެއްވެސް ނޫނެވެ.

ކާރަށް ތަކެތި އަރުވައިގެން އަހަރުމެން ނައްޓާލީމެވެ.

.........................

މެންދުރުފަހު ތިންގަޑި ދިހައެއް

ލޮނާވްލާ، ޕޫނޭ

އަހަރެން ކާރު ހުއްޓާލީ އަހަންނަށް މެއިލްކޮށްފައިވާ އެޑްރެހަށެވެ.

11/އެމް3

ބަނގުލޯ27،ލޮނާވްލާ

ޕޫނޭ:35

މާލެއިން ފްރައިގެން  ދަތުރުކޮށް، މި އެޑްރެހަށް އާދެވުމާއި ހަމައަށް މިޒްރާގެ އަނގައިން އެންމެ ލަފްޒެއްވެސް ބޭރުނުކުރެއެވެ. އޭނާއަށް ވެފައިހުރި ގޮތެއް އޮޅުންފިލުވުމަށް އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީއެވެ. ޝުކުރު ކުރެވުނީ އެމީހުން ފޮނުވި ޓިކެޓްގައި ދަތުރު ނުކޮށް، އަހަރުމެންގެ އާއިލީ ޕްރައިވެޓް ޖެޓްގައި، ޑޭޑް މި ދަތުރު ހަމަޖައްސައިދީފައި އޮތްކަމަށްޓަކައެވެ.

ކާރުން ފައިބައިގެން ގޭތެރެއަށް ވަނީމެވެ.

"މިސްޓަރ ނާދިފް..؟"

އެއަޑަށް އަހަރެން  ބަލައިލީމެވެ.

ހިނިތުންވުމާއެކު ފިރިހެނަކު، ހަނާއަޅާލިއެވެ. ކަކުލާއި ހިސާބަށްހުރި ޝޯޓަކާއި ނޫ ކުލައިގެ ޓީޝާޓްގައި އޭނާ ފެންނަނީ ހިތްހެޔޮ 'ސްމާޓް' މީހެއްގެ ގޮތުގައެވެ.  ބާރަށް ހިނގާލާފައި އަހަރުމެންނާއި ހަމައަށް އައެވެ.

"ހައި.. އާރަވް ސިންގާނިޔާ ހިޔަރ"

އޭނާގެ ތަޢާރަފަށް އަހަރެން ބޯޖަހާލަމުން ހިނިތުންވެލީމެވެ.

"ދިސް މަސްޓް ބީ... އުމްމމ މިޒްރާ!؟"

އަހަރެން މިޒްރާގެ މޫނަށް ބަލައިލީމެވެ. އޭނާގެ ވަށައިގެން ހިނގާ އެއްވެސްކަމެއްގެ ހިލަމެއްވެސް އޭނާއަށް ނުވާކަން ސާފުކޮށް ފެނެއެވެ.

"އާހހ ޔެސް" އަހަރެން ބުނީމެވެ.

"އޯކޭ"

އެއާއެކު އަހަރެންގެ ޝެޑިއުލްއާއި އަދި އަހަރުމެން މި ބަނގުލޯގައި ތިބުމުގެ ތަފްސީލް އޭނާދިނެވެ. ކޮޓަރި ލިބިފައި އިނީ ފުރަތަމަ ފަންގިފިލާއިންނެވެ. ދެވަނަ ނަންބަރު ކޮޓަރިއެވެ. އިތުރު ކޮޓަރިއެއްގެ ވާހަކަ ނުބުނީތީ އަހަންނަށް ޝައްކުވިއެވެ.

"ވަން ރޫމް؟"

އަހަރެން ސުވާލުކޮށްލީމެވެ. އޭނާގެ ޖަވާބުން އަހަރެންގެ ތަލީން ކުޅު ހިކުނެވެ.

ޑޭޑް އެމީހުންނަށް އިރުޝާދު ދީފައިވަނީ އަހަރުމެން ދެމީހުންނަނީ ދެމަފިރިންނަށް ވާތީ އިތުރު ކޮޓަރިއެއް ބޭނުން ނުވާނެ ކަމަށެވެ. ވަރަށް ގިނަ ޝޫޓްތައް އެއްފަހަރާ ކުރިއަށް ގެންދަން އެމީހުންވެސް ތާވަލުކޮށްފައިވާތީ، މުޅި ބަނގުލޯއޮތީ ފުލްކޮށް ކަމަށްވެސް އާރަވް ބުންޏެވެ.

އެންމެ ކޮޓަރިއެއް ދިނުމުން މިޒްރާ ޝަކުވާ ނުކުރީތީވެ، އޭނާއަށް އަހަރެން ބަލައިލީމެވެ.  ހުރި ފިޔަވަޅުމަތީގައި ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުއްޓެވެ.  މިޒްރާއެކޭ ތަނެއްގައި ބަހައްޓާފައި ހުރި ބުދެކޭ ކުޑަވެސް ތަފާތެއް ނެތެވެ.

"ހިއަރ'ސް ޔޯ ކީ.. ޑޯންޓް ބީ ލޭޓް"

އަހަރެންގެ އަތަށް ތަޅުދަނޑި ދެމުން އާރަވް ބުންޏެވެ.

ކޮޓަރި ތެރެއަށް ވަދެވުމާއެކު ވަށައިގެން  ބަލައިލީމެވެ. ދެތިން ރެއެއް ހޭދަކޮށްލަން ވަރަށް ހިތްގައިމު ކޮޓަރިއެކެވެ. ސާފު ތާހިރު، ވަރަށް ތަރުތީބު، އަރާމު، ބޮޑު ކޮޓަރިއެކެވެ.

ކޮޓަރި ދޮރުމަތީގައި ހުއްޓިހުރި މިޒްރާއަށް އަހަރެން ބަލައިލީމެވެ.

"ލިބުނީ އެންމެ ކޮޓަރިއެއް" އަހަރެން ބުނީމެވެ.

ހުރިފިޔަވަޅުމަތީން އޭނާ ގުޑައިވެސް ނުލައެވެ.

"ގޯޑް!!! ވަޓް ދަ ބ*ޑ ހ-ލ އިޒް ރޯންގް ވިތް ހަރ!؟؟؟؟"

އޭނާގެ ކުރިމަތީގައި އަހަރެން ހުއްޓުނީމެވެ.

"މިޒްރާ"

އަޑުއިވޭހެންވެސް ހީނުވެއެވެ.

އަހަރެންގެ ސިކުނޑިއަށް އިނތިހާއަށް އުނދަގޫވެއްޖެއެވެ. މުޅިދުވަހު މިޒްރާ މިވަރަށް ގެއްލިފައި މިހުންނަނީ ކޮންކަމަކަށް ހެއްޔެވެ؟

އޭނާގެ ދެކޮނޑުގައި ހިފާފައި އަހަރެން ތަޅުވައިގަތީމެވެ. ޚިޔާލީ ދުނިޔެއިން ނެރުމަށްޓަކައެވެ. އެކަމަކު އަހަރެންގެ މި ހަރަކާތުގެ ރައްދު، ހީކުރިގޮތާއި މުޅިން ތަފާތެވެ.

"ޑޯންޓް ޓަޗް މީ!!!" އަޑަށް ބާރު ލާފައި އަހަރެންނާއި ދިމާއަށް ހަޅޭއްލަވައިގަންނަމުން، އޭނާގެ އަތުގައި ހުރި ބާރެއްލާފައި  އަހަރެންގެ ކޯމަތީގައި މިޒްރާ ޖެހިއެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް