ސީއެންއެމް ބަދިގެ: ކެރެމަލް ގެރިކިރު ބޯކިބާ
އާމިނަތު ޢަބުދުއް ސައްތާރު
27 މާރޗް 2024 - 13:24:31
ކެރެމަލް ގެރިކިރު ބޯކިބާ މިއީ ގެރިކިރު އަޅައިގެން ހަދާ ކޭކެއް ކަހަލަ އެއްޗެކެވެ. ހޫނު ކަޅު ސައި ތަށްޓަކާއިއެކު ތަރާވީހު ގަޑީ ކާލަން މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
2 ދަޅު ގެރިކިރު
7 ބިސް
4/3 ޖޯޑު ބަޓަރު
2/1 ޖޯޑު ހަކުރު
2 ސައި ސަމުސާ ބައި ބޭކިންގ ޕައުޑަރ
2 ސައި ސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް:
ބިސްތައް ރަނގަޅަށް ގިރާ ލުމަށްފަހު، ގެރިކިރާއި ބަޓަރު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބިހާ ގެރިކިރާ ބަޓަރު އެއްކޮށްލާށެވެ، އެއަށްފަހު، ފުށާއި ބޭކިންގ ޕައުޑަރ އެއްކޮށް ފުރާނާލާށެވެ.
ކުރީގެ ގިރިބައި ގެތެރެއަށް ފުރާނާފައި ހުރި ފުށް މަދު މަދުން އަޅަމުން އޮމާންވަދެން ގިރާލާށެވެ. އަދި އޭގެތެރެއަށް އެސެންސް ކޮޅު ވެސް އަޅާ އެއްކޮށްލާށެވެ.
ހަކުރު ކޮޅު ކުޑަ ތާހެއްގައި އުނދުން މައްޗަށް އުދާލާފައި ހިތިރަހަ ނުދޭވަރަށް ބްރައުން ކޮށްލާށެވެ. އެބައި ވެސް ފުށްގަނޑާއި އެއްކޮށްލާށެވެ. ކުރިން ބަޓަރު އުނގުޅާ ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ. ދެން ހޫނު ކުރަން ޖެއްސި އަވަނަށް ލައިގެން ފިހާނީ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް