ads
ފެނަކަ، އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯގެ ވެރިން
ފެން، ކަރަންޓް ޖޫރިމަނާ މައާފުވަނީ ހިދުމަތުގެ އަގު ދެއްކުމުން
ކަރަންޓާއި ފެން ބިލް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދޭނީ އެ ހިދުމަތްތަކަށް ނުދައްކާ ހުރި ފައިސާ ދެއްކުމުން ކަމަށް އެހިދުމަތް ދޭ ކުންފުނިތަކުން ބުނެފިއެވެ.
Advertisement

އާއްމު ގޭބިސީތަކުން ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފްކޮށްދެއްވަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހޮނިހިރުދުވަހުއެވެ. ރައީސް ވިދާޅުވީ އެގޮތަށް ނިންމެވީ އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުންކަމަށެވެ. 

ފެނާއި ކަރަންޓްހެ ހިދުމަތް ދޭ ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ އިތުރުން ފެނަކައިން ބުނީ ޖޫރިމަނާ މައާފުކުރުމުގެ ނިންމުމަށް އަންނަމަހު 1 ވަނަދުވަހުން ފެށިގެން އަމަލުކުރާނެކަމަށެވެ. 

ޔުޓީލިޓީޒް ކުންފުނިތައް ގުޅިގެން ދިން މެސެޖެެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލްމަތީން ވިދާޅުވީ އެކުންފުނިން މާއާފުކުރާނީ މިދިޔަ އެއްއަހަރުގެ ބިލްތައްކަމަށެވެ. އަދި ހިދުމަތުގެ އަގު ދެއްކުމަށް އެއްބަސްވުމެއް ހަދާ އެ ފައިސާ ބަހަލައިގެން ދެއްކޭނެކަމަށްވެސް މަތީން ވިދާޅުވިއެވެ. 

މަތީން ވިދާޅުވީ ފެން ބިލު ނުދައްކާ 3000 ކަސްޓަމަރުން ތިބިއިރު ޖޫރިމަނާގެ ގޮތުގައި ކުންފުންޏަށް 17 މިލިއަން ލިބެންޖެހޭކަމަށެވެ.

"ފެނުގެ އަގަށް މި އަރަނީ 45 މިލިއަން ރުފިޔާ. އެހެންކަމުން ކުންފުންޏަށް، މި ޖޫރިމަނާ މައާފްވެގެންދާއިރު، 45 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ،" އެއް އަހަރުވެފައިވާ ބިލުތަކުގެ ފައިސާގެ އަދަދު އެކަނި ވެސް 37 މިލިއަން ރުފިޔާއަށް އަރާ." މަތީން ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ރައީސްގެ ނިންމެވުމުން ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި ޖޫރިމަނާ މައާފުވުމުން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ކުންފުނިން ދޭ ހިދުމަތްތަކުން އާއްމުންނަށް ފަސޭހަވަގެންދާނެކަމަށެވެ. 

"ހަގީގަތުގައި މި ބިލްތައް ނުދެއްކި އޮތީ މިއޮތީ ޖޫރިމަނާގެ ވަރަށް ބޮޑުބައެއް އަރާފައި އޮތުމުން. އަދި އާންމު ރައްޔިތުން ވަރަށް ބޮޑު ދަރަންޏަކުން ސަލާމަތްވެގެންދާނެ." މުއާޒް ވިދާޅުވިއެވެ.

ސެޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ އެ ކުންފުނިން ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދޭނީ ޑޮމެސްޓިކް ކަސްޓަމަރުންގެ ކަމަށެވެ. އަދި ބައެއް ފަރާތަކުން ބިލަށް ދައްކަންޖެހޭ އަދަދަށްވުރެ ޖޫރިމަނާ ބޮޑުވެފައިވާކަން ފަހުމީ ފާހަގަކުރެއްވިއެވެ.

"މީގެތެރޭގައި ބައެއް ކަސްޓަމަރުން އެބައުޅޭ ދައްކަންޖެހޭ އަދަދަށްވުރެ ޖޫރިމަނާ ބޮޑުވެފައި ތިބި ކަސްޓަމަރުންވެސް، ނުދެއްކި ހުރެހުރެ ގިނަދުވަސް ވެފައި ހުރުމުގެ ސަބަބުން. އެހެންވީމަ މި ފުރުސަތުގެ ބޭނުން ހިފުން ވަރަށް މުހިންމު." ފަހުމީ ވިދާޅުވިއެވެ.

ހުމަތަތްތަކުގެ ބިލަތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރަން ރައީސް ނިންމެވިއިރު ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް