ads
ޗައިނާގެ ސަފީރަކަށް ކުރީގެ ގަވަރުނަރު ފަޒީލްގެ ނަން
ޗައިނާގައި ހުންނަވާ ރާޢްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބުގެ ނަން ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހަށް ފޮނުއްވައިފިއެވެ.
Advertisement

ޑރ. ފަޒީލް ނަޖީބު ވަނީ ވަނީ 2008 ފެށިގެން ޑިސެމްބަރު 2013ޕގެ ނިޔަލަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ކުރައްވާފައެވެ. އަދި އޭގެކުރިން ޓްރޭޑް މިނިސްޓްރީގެ އެކި ފެންވަރުގެ މަގާމުތައް ފުރުއްވާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް ޑރ. ފަޒީލި ނަޖީބު ވަނީ ފުރުއްވާފައެވެ. 

ބަންގަލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރެއްވުަށް ޝިއުނީން ރަޝީދުގެ ނަންވެސް ރައީސް ވަނީ މަޖިލިހަށް ފޮނުއްވާފައެވެ. 

ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޝިއުނީން ބަންގްލަދޭޝްގެ ސަފީރުކަމަށް އައްޔަނުކުރަން މިިދޔަ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް މަޖިލީހަށް ފޮނުއްވިއެވެ. އެހެންނަނަމަވެސް އެ ވެރިކަމުގެ ފަހުކޮޅު ނަން ފޮނުވުމުން މަޖިލީހުން ސަފީރުން އައްޔަންކުރަން ދެކޮޅު ހަދާ ރުހުން ދިނުމާއި ހަމައަށް ގެނެސްފައެއް ނުވެއެވެ. 

ޑރ ފަޒީލް ނަޖީބާއި ޝިއުނީން ރަޝީދުގެ އިތުރުން ސަފީރުކަމަށް އައްޔަންކުރެއްވުމަށް 8 ބޭފުޅެއްގެ ނަން ރައީސް މުއިއްޒުވަނީ މަޖިލީހަށް ފޮނުްވާފައެވެ. 

ސަފީރުކަމަށް ރުހުން ހޯދުމަށް މަޖިލިހަށް ފޮނުވާފައިވާ ނަންތައް

  • މުހައްމަދު ހުސެއިން ޝަރީފް (މުންދު) / ޔޫއެޢީ 
  • އިރުތިޝާމް އާދަމް / އިނގިރެސިވިލާތް
  • އަލީ ނަސީރު މުހައްމަދު (އަލިނީ) / އދ
  • މަސްއޫދު އިމާދު / ސްރީލަންކާ
  • މަރިޔަމް ޝަބީނާ އަހުމަދު / މެލޭޝިޔާ
  • ގީލާ އަލީ / ބެލްޖިމް އާއި އީޔޫ  
  • މުހައްމަދު ލުވޭޒު / ސިންގަޕޫރް 
  • ޑރ. ސަލްމާ ރަޝީދު / ޖެނީވާ

މި ހުރިހާ ބޭފުޅުންގެ ނަންތައްވެސް އޮތީ ކޮމެޓީ މަރުހަލާގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް