ފުލުހުން ބުނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ހިލާފު ލިޔުންތަކެއް އަޅައިގެން ހައްޔަރުކުރީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ އަންހެނެއް ކަމަށެވެ.
މި މީހުން ރާއްޖެ އައިސްފައިވަނީ ޓްއަރިސްޓް ވިސާގައިކަމަށްވެސް ފުލުހުން ބުނެއެވެ.
ދީނާ ހިލާފު ލިޔުންތައް އެޅި މީހުން އެތަކެތި ހިޔާ މެއިލް ބޮކްސްތަކަށް އަޅަނީ
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުބުނެއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.