ads
އަރަބިއްޔާގެ ޕީޓީއޭގެ އައު ނައިބް ރައީސްއަށް ހޮވުނު ޔޫސުފް އަބްދުﷲ އެ މަދުރަސާގެ ބެލެނިވެރިން ބޭއްވި މުޒާހަރާއެއްގެ ތެރޭގައި. ފޮޓޯ: އަދަދު
މައްސަލަ ބޮޑުވި އަރަބިއްޔާ ޕީޓީއޭ އުވާލާ އާ މީހުން ހޮވައިފި
މައްސަލަ ބޮޑުވި އަރަބިއްޔާގެ ޕީޓީއޭ އެޑިއުކޭޝަން މިނިސްޓްރީން އުވާލައިފިއެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ޖަމިއްޔާ ޕީޓީއޭގެ މައްސަލަތައް މީގެކުރިން ވަނީ ފެންމަތިވެފައެވެ. އޭގެތެރޭގައި ސްކޫލަށް ނާންގާ ސްކޫލްގެ ކަންތައްތަކާއި ގުޅިގެން ޕްރެސްތަކެއްވެސް ވަނީ ބާއްވާފައެވެ. ހާއްސަކޮށް ސްކޫލްގެ އިމާރާތށާއި ގުޅިގެން މިދިޔަ ސަރުކާރުގެ ފެންމަތިކަންކަން ހިމެނެއެވެ. 

ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަކަދައްކަމުން ތައުލީމީ ވަޒީރު ޑޜ އިސްމާއިލް ޝަފީއު ވިދާޅުވީ އަރަބިއްޔާގެ ޕީޓީއޭ އުވާލާ އައު ބަޔަކާއި އެކީ އަލުން ކޮމެޓީ އުފައްދަން އެ ސްކޫލަށް މިދިޔަ ނޮވެމްބަރ 22 ގައި އެންގެވިކަމަށެވެ. 

އެ އެންގުމާއި އެއްގޮތަށް އައު މެމްބަރުން ހޮވާ މިދިޔަ މިދިޔަ ޑިސެމްބަރު 13 ގައި އަރަބިއްޔާއިން އެކަން މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ.

 އައު ޕީޓީގެ ނައިބަކަށް ހޮވުނީ އަރަބިއްޔާ އިމާރާތުގެ ކަންތަކުގައި އެކަމާއި އެންމެ ބޮޑަށް ވާހަކަ ދައްކަމުންދިޔަ ޔޫސުފް އަބްދުﷲއެވެ. 

މިފަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ޓިކެޓްގައި ނައިފަރު ވާދަކުރަން ޕްރައިމެރީގައި އޭނާ ވާދަކުރިއެވެ. އެހެންނަމަވެސް ޕާޓީ ޓިކެޓް ނުލިބުމުން އެނާ މިހާރު ވާދަކުރަނީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް