އެސީޓިގައި ބުނެފައިވަނީ އެ ސަރަހައްދުގައި މާރުކޭޓް އެޅުމުން ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޖަމާވެ މަގު ޓްރެފިކް ބޮޑުވެ އަޑުގަދަވާނަމަ އެކަމުގެ ސަބަބުން ހައި ކޯޓުގެ ޝަރީއަތްތަކަށާއި މަސައްކަތަށް ކުރިއަށް ގެންދިއުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.
މީގެއިތުރުން މިކަމުގެ ސަބަބުން ހައި ސެކިއުރިޓީ ދޭންޖެހިފައިވާ ކޯޓެއްގެ ސަލާމަތީ ކަންކަމަށް ހުރަސްއެޅިދާނެކަމަށްވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒުނާ ސޮއިކުރައްވައި ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައިވެއެވެ.
މިހާރު މާރުކޭޓް އަޅަން ނިންމާފއިވާ ސަރަހައްދަކީ ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ ޕާކިންގެ ގޮތުގައި ބޭނުންކުރާ ސަރަހައްދަށް ވުމުން އެތަނުގައި މާރުކޭޓް އެޅުމުން އެ ބޭފުޅުންގެ ދަތުރުފަތުރަށްވެސް އުނދަގޫތަކެއް ކުރިމަތިވާކަން ޑީޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ.
ހައިކޯޓް ކުރިމަތިން އޮންނަ ޕާކިން އޭރިއާގައި މާރުކޭޓެއް ހަދަން ނިންމާ އެ މަސައްކަތް ސިޓީ ކައުސިލުން ބަޔަކާއި ވަނީ ހަވާލުކޮށްފައެވެ. އަދި މާރުކޭޓްގެ ގޮޅިތައް ބެހޭނެ ގޮތް ފެންނަ ބޯޑެއް އެ ސަރަހައްދުގައި ވަނީ ބަހައްޓާފައެވެ.