ads
ވެލެންސިޔާގެ ޔޫތު ޓީމެއް
ވެލެންސިޔާ އެކަޑަމީއަށް އެފްއޭއެމުން ހުރަސްއަޅަނީ
ކްލަބު ވެލެންސިޔާގެ އެކަޑަމީ ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމުން އަންގައިފިއެވެ.

އެފްއޭއެމުން ކްލަބު ވެލެންސިޔާއަށް އަންގާފައިވަނީ އެ ކްލަބު ސަސްޕެންޑްކޮށްފައިވާތީ، ކްލަބުގެ އެކަޑަމީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މިގޮތަށް އަންގާފައިވަނީ އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ޖައުޝަން ޝަރީފް ސޮއިކޮށް ފޮނުވާފައިވާ ސިޓީއެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްލަބު ވެލެންސިޔާގެ އެކަޑަމީ ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމުން އެންގިއިރު، އެ އެކަޑަމީގައި 400 އެއްހާ ކުދިން އުޅެއެވެ. އެއީ އުމުރުން ހަތަރު އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލެންސިޔާ ސަސްޕެންކޮށްފައިވާތީ އެފްއޭއެމްގެ ޓާފް ދަނޑު ބޭނުން ކުރުމުގެ ފުރުސަތުވެސް އެ ކްލަބުގެ އެކަޑަމީއަކަށް މިހާރު ނުދެއެވެ. ވެލެންސިޔާ އެކަޑަމީ ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމުން އެންގިއިރު، އެ އެކަޑަމީން މިހާރުވެސް އަންނަނީ ޖޫން މަހު ތައިލެންޑްގައި އޮންނަ ޔޫތު މުބާރާތެއްގައި ވާދަ ކުރަން ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް