ads
ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ހިދުމަތް ހޯދަނީ - ފޮޓޯ:ބީއެމްއެލް
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
މަރުކަޒީ ބޭންކް އެމްއެމްއޭއިން މި އަހަރު ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފައިވާ ކަމަށް ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ.

އިމާދު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ބައެއް ބޭންކުތަކުން ވިޔަފާރިވެރިންނަށް ދޫކުރާ ޑޮލަރުގެ އަދަދު މަދުކޮށްފައިވާ ކަމަށެވެ.

އެ ކޮމެޓީގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އިމާދާ ކުރެއްވި ސުވާލުގައި، މީގެ ކުރިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ގަންނަން ބީއެމްއެލްއިން އިން 25 އިންސައްތައަށް ޑޮލަރުދޭ ކަމަށާއި، ނަމަވެސް މިފަހުން އެ އަދަދު 10 އިންސައްތައަށް ދަށް ކޮށްފައި ވާ ކަމަށް ފާހަގަކުރި އެވެ.

އެ ވާހަކައަށް ޖަވާބުދެއްވަމުން އިމާދު ވިދާޅުވި ގޮތުގައި އެ އަދަދުތަކަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާާގެ އަދަދު މަދުކޮށްފައި ނުވާނެ ކަމުގަ އެވެ.

"އެކަމަކު އެބޭފުޅުންގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެވިގެން އުޅޭ ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވެނީ. އެހެން ނަމަވެސް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ އަދަދު 2023 ވަނަ އަހަރަށް ވުރެ 2024 ވަނަ އަހަރު ދޫކުރާ އަދަދު އިތުރު ވާނެ،" އިމާދު ވިދާޅުވި އެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުމަށް ތާށިކަމެއް ކުރިމަތިވެ، ބައެއް އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ތަކަށް ޑޮލަރު ވިއްކުމުގައި ދަތިތަކެއް ވަނީ ދިމާވެފަ އެވެ.

ބީއެމްއެލްއިން އޭރު ބުނީ ބޭރަށް ފައިސާ ފޮނުވުމަށް ބޭނުންވާ ޑޮލަރު، އެ ވަގުތެއްގައި ބޭންކަށް ދެވެން ހުރި މިންވަރަކަށް ބަލައި، ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް