ads
މެސީ އަދި ބެކަމް
މެސީ ގެނައުމަށް މަސައްކަތް ކުރާތާ ފަސް އަހަރު: ބެކަމް
އެމެރިކާގެ އިންޓަ މިއާމީއިން، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ގެނެވުނީ އެކަމަށް މަސައްކަތް ކުރާތާ ފަސް އަހަރު ފަހުން ކަމަށް އެ ކްލަބުގެ ވެރިޔާ، އިގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފިއެވެ.

ޓީވީ ޝޯއަކަށް ދިން އިންޓަވިޔުއެއްގައި ބެކަމްވަނީ، މެސީ ގެނައުމުގެ ކަންކަން ހާސިލްވީ، އެކަމަށް މަސައްކަތް ކުރަމުންދާތާ ފަސް އަހަރު ފަހުން ކަމަށް ބުނެފައެވެ. ބެކަމް ބުނި ގޮތުގައި މެސީގެ ބައްޕައާއެކު އެ ވާހަކަ ދައްކަން ފެށިތާ ފަސް އަހަރު ވެފައިވީނަމަވެސް އެ ޑީލް ހަގީގަތަކަށް ވާނެ ކަމަކަށް އުއްމީދެއް ނުކުރެއެއެވެ. 

ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މެސީ އިންޓަ މިއާމީއަށް ބަދަލުވުމަކީ ގިނަ ބަޔަކު ހައިރާންވި ކެމެކެވެ. ގިނަ ބަޔަކު ގަބޫލުކުރީ އޭނާ ބަދަލުވާނީ ސައުދީ އަރަބިއްޔާއަށް ކަމަށެވެ. 

ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް އިންޓަ މިއާމީއިން މެސީ ހޯދި ގޮތް އެކްލަބުގެ އެއް ހިއްސާދަރު ކަމުގައިވާ ޖޯޖް މާސްވެސް ވަނީ ކުރިން މީޑިއާގައި ހާމަކޮށްފައެވެ. ޖޯޖް ކިޔައިދިން ގޮތުގައި އެކްލަބުން ވަނީ 2019 ވަނަ އަހަރުން ފެށިގެން މެސީ އޭޓިމަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް