ޒީނާދު އެ މަގާމަށް އައްޔަންކުރުމާއެކު، އެޗްޑީއެފްސީން ވަނީ "އެކްސް"ގައި އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.
މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު އުފެއްދި އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އެމްޑީގެ މަގާމު ވެސް ޒީނާދު ވަނީ އަދާކުރައްވާފަ އެވެ. އެގޮތުން އޭނާ ވަނީ ފަސް އަހަރުގެ މުއްދަތަކަށް އެ މަގާމު ފުރުއްވާފަ އެވެ.
ޒީނާދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގައި ފިނޭންސް ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެކުރިން ބީއެމްއެލް އާއި އެމްއެފްއެލްސީގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.