ads
އޮރެންޖް ކޭކު - ފޮޓޯ: ލޮނުމެދު
ސީއެންއެމް ބަދިގެ: އޮރެންޖް ކޭކު
ރޯދަ މަސްވެސް ނިމެން ދަނީ އެވެ. ރޯދަ މަހުން މިއަދު މީ 18 ވަނަ ދުވަހެވެ. އެހެންކަމުން މިއަދު ތަފާތު ކޮށްލަން "ސީއެންއެމް ބަދިގެ" އިން މި ގެނެސްދެނީ ރޯދަ ޕާޓީތަކަށްވެސް އަދި ހަމަ ތަރާވީސް ވަގުތައް ވެސް ސައެއް ބޯލަން ތައްޔާރު ކޮށްލެވިދާނެ ނިކަން މީރު ކޭކެކެވެ. ފަށަން ހިނގާށެވެ.

ބޭނުންވާ ތަކެތި:

1/2 ޖޯޑު ޕްލޭން ޔޯގަޓް

1 ޖޯޑު އައިސިން ސްގަރ

1/2 ޖޯޑު ތެޔޮ

1/4 ތާޒާ އޮރެންޖްގެ ދިޔަ (ފެލާފައި)

1 1/4 ޖޯޑު ފުށް

1 ސައިސަމުސާ ބޭކިންގް ޕައުޑަރ

1/2 ސައިސަމުސާ ބޭކިންގް ސޮޑަރ

1 ސައިސަމުސާ އޮރެންޖް ތޮށި (ގާނާފައި)

1/2 ސައިސަމުސާ އޮރެންޖް ކުލަ 

ތައްޔާރުކުރާނެ ގޮތް:

ހަކުރު، ބިސް އަދި މާޖިރިން ރަނގަޅަށް ގިރާ އެއްކުރުމަށްފަހު އޮރެންޖުގެ ދިޔަ އަދި އޮރެންޖުގެ ތޮށި އަދި އެސެންސް އެޅުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.

ދެން ފުށްކޮޅު ބޭކިންޕައުޑަރާއެކު ފުރާނާލުމަށްފަހު ކުރިން ގިރި މިކްސްގެ ތެރެއަށް އަޅާލުމަށްފަހު އެއްކޮށްލާށެވެ.

150 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރުމަށްފަހު ކޭކް ފިހެލާށެވެ. ފިހެވުނުތޯ ބެލުމަށް ކޭކުގެ މެދަށް ޓޫތްޕިކެއް ހަރާލުމަށްފަހު އޭގައި ނުހޭކޭނަމަ އެހެރީ ފިހެވިފަ އެވެ. 

ކޭކު އެއްކޮށް ހިހޫ ވުމުން ކޭކު މަތީގައި އައިސިންގް ޖަހާށެވެ. ބޭނުމިއްޔާ އޮރެންޖު ފޮތިކޮޅެއް މަތީގައި އަތުރާވެސް ލެވިދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް