ads
ރ. އަތޮޅު ފައިނު
ބެރިޔަންފަރު އެއާޕޯޓް ފައިނަށް، މިސަރުކާރުން 9 އެއާޕޯޓް
ރ. އަތޮޅު ބެރިޔަންފަރުގައި އަޅަން ނިންމި އެއާޕޯޓް އެ އަތޮޅު ފައިނުގައި އަޅަން ސަރުކާރުން ނިންމައިފިއެވެ.

ބެރިޔަން ފަރުގައި އެޢާޕޯޓް ޢަޅަން ނިންމީ މދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެޑައިގަތީ ބެރިޔަންފަރު އަޅަން ނިންމި އެއާޕޯޓް އެރަށާއި ކައިރީގައި އޮތް ފައިނަށް ބަދަލުކުރުމަށެވެ. 

އެގޮތަށް ނިންމެވީ ފައިނުގައި އެއާޕޯޓް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތަކަށް ވުމުންކަމަށް ކެމްޕެއިން ތެރޭ ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ފައިނަށް އެއާޕޯޓް ބަދަލުކުރިކަން ރައީސް އިއުލާންކުރައްވާފައިވަނީ ދައުލަަތުގެ އާއްމު މަންފާއަކަށްޓަކައި ހާސިލކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަޑައަޅާ މަޝްރޫއުތައް އާއްމުކޮށް ރައީސް ނެރުއްވި ގަރާރުގައެވެ. މި ގަރާރު ބުނާގޮތުން ރައްޖޭގެ 9 ސަރަހައްދެއްގައި އެއާޕޯޓް އަޅަން ވަނީ ނިންމާފައެވެ. މީގެއިތުރުން ލަ އަތޮޅުގައިވެސް އިތުރު އެއާޕޯޓެއް އަޅުމަށް ވަނީ ނިންމާފައެވެ. 

ގަރާރުގައި އެއާޕޯޓް އަޅަން ނިންމާފައިވާ ރަށްތައް 

  1. ހއ ދިއްދޫ
  2. ށ. ދިގުވެލި 
  3. ށ. މިލަންދޫ 
  4. ނ. ވިހަފަރު 
  5. ރ. ފައިނު 
  6. އއ. މަތިވެރި 
  7. ފ. ނިލަންދޫ 
  8. ގއ . މާލެންދޫ 
  9. ތ. ގުރައިދޫ  

 ބެރިޔަންފަރުގައި އެޢާޕޯޓް ޢަޅަން މިދިޔަ ސަރުކާރުން ނިންމީ އެއަތޮޅުގައި އިފުރުގައި އޮންނަ އެއާޕޯޓްގެ ފަސޭހަކަން އަތޮޅުގެ ގިނަ ރަށްތަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރުމުންނެވެ. 

 ފައިނުގައި އެއާޕޯޓް އަޅަން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ ސަރުކާރުން އިއުލާންވެސް ކުރިއެވެ. އޭރު އެ މަޝްރޫއަށް ކަނޑައަޅާަފައި އޮތީ 23.6 މިލިއަން ޑޮލަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް