ads
ޕާސްޕޯޓް ކާޑް އަދި އައިޑީ ކާޑް
ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް އަތޮޅުތެރޭގައި ފަށަނީ
ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅު ކައުންސިލްތަކުގައި ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ދޭން ނިންމައިފިއެވެ.
Advertisement

ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅު ކައުންސިލްތަކުގައި ޕާސްޕޯޓާއ އައީޑީކާޑް ޕްރިންޓްކުރުމުގެ ހިދުމަތް ދޭން ނިންމައިފިއެވެ.

ސެނެކޯ މާލަމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ޕާސްޕޯޓްހެ ހިދުމަތް އަތޮޅުތަކުގައި ފަށަނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އަދި ހިދުމަތް ފަށަން ބައެއް އަތޮޅުކައުންސިލްތަކުން ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވެރިރަށް މާލޭ ފިޔަވާ މިހާރު ޕާސްޕޯޓްގެ ހިދުމަތް ދެމުން އަންނަނީ ހުރިހާ ސިޓީއަކާއި ހއ. ދިއްދޫގައި އެކަންޏެވެ. 

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވީ ރަށްރަށުން ޕާސްޕޯޓް ދޫކުރުމަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. މިގޮތުން އެކަމަށް ބޭނުންވާ މުވައްޒަފުން ނެގުމާއި ސެޓަޕްތައް ރޭވުމުގެ މަސައްކަތް ޝައްމާން ފާހަގަކުރެއްވިއެވެ. 

ކޮންޓްރޯލަރ ވިދާޅުވީ ޕާސްޕޯޓް ހެއްދުމަށް އަތޮޅުތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 1200 އެއްހާ މީހުން މާލެ އާދައެވެ. އަދި މި ބަދަލާއި އެކު ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެކަންވެސް ޝައްމާން ފާހަގަުރެއްވިއެވެ. 

ޕާސްޕޯޓްގެ އިތުރުން އައިޑީކާޑުގެ ހިދުމަތްވެސް އަތޮޅު ތެެރޭގައި ފަށަން ތައްޔާރުވަމުން އަންނަކަމަށް ހޯމް މިނިސްްޓްރީން ބުނެއެވެ. އެ ގޮތުން އަތޮޅުވެރިކަން ކުރާ ރަށެއްގައި އަޢީޑީ ކާޑު ދޫކުރަން ފަށާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް