ads
ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ
ވަގުތީ ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އަޅައިފި
މާލޭ މަގުތަކުގައި ގިނަވެފައިވާ ބުޅާތައް ބެލެހެއްޓުމަށް އިމާރާތްކުރާ ވަގުތީ ޕެޓް ކެއާ ފެސިލިޓީގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ ފެސިލިޓީގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ 5،000 އަކަފޫޓުގެ ބިމެއްގައި މި ފެސިލިޓީ ގާއިމްކުރުމުގެ މަޝްރޫއު ހިންގަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.

ޕެޓް ކެއާ ފެސިލިޓީގެ ބިމުގައި ފުރަތަމަ އަޅަނީ ބުޅާ ބަލަހައްޓަ މަރުކަޒެކެވެ. އަދި އެ ފެސިލިޓީ އެއްކޮށް ނިމުމާއެކު ތަފާތު ޖަނަވާރު ބަހަލައްޓާ ތަނަކަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ.

މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވި ގޮތުގައި ފުރަތަމަ ކުރިއަށްގެންދާ މަސައްކަތަކީ އެ ސަރަހައްދުގައި ފެންސް ޖެހުމެވެ. އަދި 20 ވަރަކަށް ދުވަސް ތެރޭ އެ މަސައްކަތް ނިންމައި، ހަފްތާއެއް ތެރޭގައި އިމާރާތް އެޅުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް މޭޔަރު އޭރު ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް