ads
މުލިއާގެ
މުލިއާގެ މަރާމާތުކުރަން ދިޔަ ހަރަދު ބުނެދޭން އައިކޮމުން ރައީސް އޮފީހަށް އަންގައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވުމަށް އެގެ މަރާމާތުކުރަން ދިޔަ ހަަރަދު ބުނެދޭން އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީހަށް އަންގައިފިއެވެ.
Advertisement

އައިކޮމުން މިގޮތަށް އަންގާފައި މިވަނީ އެ މައުލޫމާތު ހޯދުމަށް މިދިޔަ ޑިސެމްބަރުމަހު މިޑީއާއަކުން ހުށައެޅުމުން  މިހާތަނަށް އައިއިރުވެސް ރައީސް އޮފީހުން އެ މައުލޫމާތު ދީފައިނުވާތީއެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދުނު މައުލޫމާތު ރައީސް އޮފީހުން ނުދިނުމުން އައިކޮމުން ވަނީ އެ މައްސަލާގައި މިއަދު އަޑުއެހުމެއް ބާއްވާފައެވެ. 

އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މުލިއާގެ މަރާމާތަށް ދިޔަ ހަރަދާއި ގުޅޭ މައުލޫމާތަކީ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓޭނެ މައުލޫމާތެއް ނޫންކަމަށެވެ. އެހެންކަމުން އެ މައުލޫމާތު 3 ދުވަސްތެރޭ ދިނުމަށް އައިކޮމުން ވަނީ ރައީސް އޮފީހަށް އަންގާފައެވެ. 

މައުލޫމާތު ނުދީގެން އައިކޮމަށް ހުށައެޅި މައްސަލައިގެ އަޑުއެހުން މީގެ ކުރިން 3 ފަހަރަށް ތާވަލުކުރިއެވެ. އެެހެންނަމަވެސް އަޑުއެހުމުގައި ބައިވެރިވެވެން ނެތްކަމަށް އަންގާ ރައީސް އޮފީހުން އެ އަޑުއެހުންތަކަށް ހާޒިރެއް ނުވެއެވެ.

ރައީސް އޮފީހުން މައުލުމާތު ދިނުމަށް އައިކޮމުން އެންގި، މިއަދުގެ އަޑުއެހުމަށްވެސް ރައިސް އޮފީހުން ހާޒިރެއް ނުވެއެވެ. އެހެންކަމުން މިއަދު އައިކޮމުން މައްސަލަ ނިންމާ ރައީސް އޮފީހުގެ ގައިރު ހާޒިރުގައެވެ. 

މުލިއާގެ މަރާމަތުކުރުމަށް ދައުލަތުގެ ބަޖެޓުން 9.4 މިލިއަން ފުރަތަމަ ދިނެވެ. އެހެންނަމަވެސް އެ އަދުން ނުވެގެން އަލުން ބަޖެޓަށް ރައީސް އޮފީހުން އެދުމުން ދެން ދިނީ ކިހާވަރެއްކަމެެއް އެއްވެސް އިދާރާއަކުން މިހާތަނަކަށް ނުބުނެއެވެ. އަދި އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލެއްވެސް ދީފައެއް ނުވެއެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރިޔާސީ ކެމްޕެއިންގައި އަދި މިހާރު ކުރަމުން ގެންދާ މަޖިލިސް ކެމްޕޭނުގައިވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވާނެ މީހެއް ނޫންކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް