ads
ވެލާނާގެ: ޅަދަރިމައިންނަށް މަސައްކަތް ކުރުމަށް ލުއިދޭނީ ދަރިފުޅަށް ދެ އަހަރު ވަންދެން ކަމަށް ސީއެސްސީން ވަނީ ނިންމާފައި - ފޮޓޯ:ސަން
ފަހު 10 ގައި ވަޒީފާ އަށް ނިކުންނަ ނަމަ އެލަވެންސެއް
ރަމަޝާން މަހުގެ ފަހު 10 ގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ އެ އެލަވަންސް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތައް ނުކުނަން ޖެހޭނެ ކަަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަނި ކަމަށެވެ. މި އިނާޔަތް ދޭނީ އަންނަ މަހުގެ މުސާރައާއާއެކު ކަމަށް ބުނެފައިވެ އެވެ.

ފަހު ދިހައިގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެލަވަންސް ދޭނެ ގޮތް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން ރޯދަމަހުގެ ފަހު 10 ގައި (ރަމަޟާން މަހުގެ 21އިން 30ގެ ނިޔަލަށް) ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފަންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުން ގެންދާ އުސޫލުން އިތުރުގަޑީގެ ފައިސާ، ބަންދު ދުވަހުގެ އިނާޔަތް ދެމުންގެންދަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތަށް އެލަވަންސް ދިނުމުގައި މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އެލަވަންސް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު 10 ދުވަހަކީ ރަސްމީ ބަންދު ދުވަސްތަށް ކަމަށް ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި އިނާޔާތް ދިނުމަށް ނިންމާފައިވަނީ އޭޕްރިލް މަހުގެ މުސާރައާއި އެކުގައި ކަމަށްވެސް ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގް ސޮއިކޮށް ނެރެފައިވާ ސާކިއުލާގައި ވަނީ ބުނެފައި އެވެ.

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ނިންމަވާފައެވެ. މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީއެވެ.

ރައީސް ޑރ މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވޭނެއެވެ. އަދި އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި އެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް