ads
ފޮޓޯ: ލޮނުމެދު
ސީއެންއެމް ބަދިގެ: ބަރަަބޮލު ހަލުވާ
ބަރަބޯ ހަލުވާ އާއްމުކޮށް ހަދަނީ ބަރަބޯ ގާނައިގެންނެވެ. ނަމަވެސް ތަންކޮޅެއް އަވަހަށް އަދި ފަސޭހައިން ހަދާލެވޭ ހަލުވާ ރެސެޕިއެއް ތައްޔާރު ކުރުމުގެ ގޮތުން މި މިރެސިޕީގައި ބަރަބޯ ގާނާފައެއް ނުވާނެއެވެ. މިއީ ތަފާތު ހަލުވާ ކާ ހިތްވާ މީހުންނަށް ގޭގައި ތިބެގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެެއްޗެކެވެ.

ބަރަބޯ ހަލުވާ އަށް ބޭނުންވާނެ ތަކެތި:

3 ޖޯޑު ބަރަބޯ (މަށާ ކޮށާފައި)

½ ޖޯޑު ހަކުރު

20 ކާފޫރު ތޮޅި (ނޫނީ ބޭނުން ވަރަކަށް)

½ 1 ޖޯޑު ފެން (ނޫނީ ބަރަބޯތައް ނިވާވާވަރަށް)

1 މޭޒުމަތީ ސަމުސާގެ ކުޑަގިތެޔޮފޮދެއް 

ބަރަބޯ ހަލުވާ އަށް ބޭނުންވާނެ ތަކެތި:

އެންމެ ފުރަތަމައިން ބަރަބޯ ގާނުއްވާށެވެ. ހުނިކޮޅު ލުއްސަަވާށެވެ. ކެކި ކެކި ހުރި ހޫނު ފެނުގެ ތެރެޔަށް އަޅާގެން ރޯ ފިލުވާށެވެ. ރަނގަޅަށް މަޑުވުމުން ނަގައި ފުރާނާށެވެ. ތެއްޔެއްގެ ތެރެއަށް ތެޔޮކޮޅު އަޅައި އެހޫނުވުމުން އޭގެ ތެރެއަށް ބަރަބޯ ހުންޏާއި، ހަކުރާއި ކާފޫރުތޮޅި އެއްކޮށް ގިތެޔޮފޮދު ރަަގަޅަށް އެއްކުރާށެވެ. އުދުންމައްޗަށް ލައިގެން، ގިނި ވަރަށް މަޑުކޮށް ބަހައްޓައިގެން 10 ވަރަކަށް މިނެޓު ކައްކާލާށެވެ. ބަރަބޯކޮޅަށް ރަން މުށި ކުލައެއް އަރާނެއެވެ. ދެން ހަކުރު އަޅާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އިތުރު 15 ވަރަކަށް މިނެޓު ވަންދެން ދޭތެރެ ދޭތެރެއިން ހަލާލަމުން ކައްކާށެވެ.

މިހާރު ހުންނާނީ ބަރަބޯ ހަލުވާ ތައްޔާރުވެފަ އެވެ.

ބަރަބޯ ހަލުވާ އަކީ ރޯދަ ވީއްލާ ގަޑީގައި ކާލުމަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެއެވެ. އެހެންކަމުން، މި ރެސިޕީ ބަލައިގެން ބަރަބޯ ހަލުވާ ތައްޔާރުކޮށް މީގެ އަޖުމަ ބަލައިލާނެ ކަމަށް އުންމީދު ކުރަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް