މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޖަރުމަނުވިލާތުގެ 2 އަންހެނުންނެވެ. މި ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާ ދީފައެވެ.
ފުލުހުން ބުނީ މި ދެ މީހުންނަކީ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސް އުޅުނު ދެމީހުންކަމަށެވެ. އަދި މި ދެމީހުން ހައްޔަރުކުރީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ހިލާފު ލިޔުންތަކެއް އަޅައިގެންކަމަށެވެ.
މި ދެމީހުން ގެންގުޅުނު ތަކެތި ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް އަޅާތަން ފެންނަ ފޮޓޯތައް ވަނީ އާއްމުވެފައެވެ.