ads
ޓާފް އެއްބަސްވުމުގެ ސޮއިކުރަނީ
އަނެއްކާވެސް 4 ރަށެއްގެ ދަނޑުގައި ޓާފް އަޅަން ހަވާލުކޮށްފި
ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ސަރުކާރުން ބަޔަކާ ހަވާލުކޮށްފިއެވެ.

މި ފަހަރު ހަވާލުކޮށްފައިވަނީ ބ. ކިހާދޫ، މ. މުލި، މ. ވޭވަށް އަދި ގދ. ނަޑެއްލާގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށެވެ. މި ހަތަރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މހަވާލުކުރީ މަސައްކަތް ފަށާތާ، 81 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި މަޝްރޫއަކީ ކޮންމެ ރަށަކަށް ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން 4،609،431.36 (ހަތަރު މިލިޔަން ހަ ލައްކަ ނުވަހާސް ހަތަރުސަތޭކަ ތިރީސް އެއް ރުފިޔާ ތިރީސްހަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް މިދިޔަ ހަފްތާގައިވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެއީ ފުވައްމުލަކު ސިޓީ (ދަނޑިމަގު)، ހދ.ވައިކަރަދޫ، ށ.ފުނަދޫ އަދި ހއ. ވަށަފަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް