އަންނަ މަހު ފަހުކޮޅު ބާއްވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މި އަހަރު ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު މުބާރާތަށެވެ. މި މުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފަށާ ގޮތަށެވެ.
މާލޭގައި ބާއްވާ މި މުބާރާތުގައި 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ވޯލްޑް ކެރަމް ފެޑެރޭޝަންގެ މެންބަރުންނާއެކު 50 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޑެލިގޭޓުންގެ ޓީމެއްމި މުބާރާތަށް ރާއްޖެ އަންނާނެއެވެ.
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އަންނަ މަހު މާލޭގައި ބާއްވަން ނިންމާފައިވާއިރު، މީގެ ކުރިން ކެރަމް ވޯލްޑްކަޕްވެސް ރާއްޖޭގައި ބާއްވާފައިވެއެވެ.