ads
ހުއްރިއްޔާ - ވިލިމާލެ މެޗުގެ ތެރެއިން ފޮޓޯ ވަގުތު ސްޕޯޓްސް
ހުއްރިއްޔާއިން ވިލިމާލެ ބަލިކޮށް ސެމީގެ އުއްމީދުގައި
ވެޓެރަންސް ލީގުގައި ބޮޑު ތަފާތަކުން ވިލިމާލެ ބަލިކޮށް، ހުއްރިއްޔާއިން ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ހުކުރު ދުވަހު ހަވީރު، ގްރޫޕް އޭގެ މެޗު ހުއްރިއްޔާއިން، ވިލިމާލެއާ ދެކޮޅަށް ކުޅެ ކާމިޔާބުކުރީ ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ. 

މި މެޗުގައި ފުރަތަމަ ހާފުގައި ހުއްރިއްޔާ ޓީމުން ވަނީ ފަސް ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއީލް މުހައްމަދެވެ. އަދި ކުޑަ އިރުކޮޅެއް ފަހުން އަލީ ނަޒްމީން ވަނީ ލަނޑެއް ޖަހައި، ހުއްރިއްޔާގެ ލީޑު ފުޅާކޮށްދީފައެވެ. ތިންވަނަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލީ ޝިޔާމެވެ. ހުއްރިއްޔާގެ ހަތަރުވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އިސްމާއީލް މުހައްމަދު ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަލީ ޝިހާމް ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އަލީ ނަޒްމީން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ 46 ވަނަ މިނެޓުގައި މުޙައްމަދު އަބްދުﷲ ހުއްރިއްޔާގެ ހަތްވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ފަހު ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހްމަދު ސަމާއުއެވެ.

މި މޮޅާއެކު ހުއްރިއްޔާއިން ސެމީގެ އުއްމީދު ދެމެހެއްޓީ ތާވަލުގެ ދެވަނައަށް އަރައިގެންނެވެ. ކުޅުނު ހަތަރު މެޗުން ހުއްރިއްޔާއަށް ހަތް ޕޮއިންޓް ލިބިފައިވެއެވެ. މި ގްރޫޕުން ހުޅުމާލެ ވެޓެރަންސްއިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ، ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް