ads
ނޭމާ، ބެކަމްގެ ދެމަފިރިންނާއެކު
މުޅި މިއާމީގައި ނޭމާ
އަނިޔާގެ ސަބަބުން މި ވަގުތު ކުޅުމާ ދުރުގައި ހުރި، ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ، އެމެރިކާގެ މިއާމީގެ އެތައް މިތަނުން ފެންނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުޅި ހަފްތާ ތެރޭ ބްރެޒިލްގެ ފުޓްބޯޅަ އައިކޮން ނޭމާ ޖޫނިއާ މިއާމީގެ އެތައް ތަނަކުން ފެނިފައިވެއެވެ. ހޮނިހިރު ދުވަހު އިންޓަމިއާމީއާއި ނިއުޔޯކް އެފްސީ ކުޅޭ މެޗު ބެލުމަށްވެސް ނޭމާ ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މި މެޗުގައި ނޭމާގެ ޒަމާންވީ އެކުވެރިޔާ އަދި އިންޓަމިޔާމީގެ މުހިއްމު ކުޅުންތެރިޔާ މެސީ ނުކުޅޭނެއެވެ. އެކަމަކު ނޭމާއާއެކު ބާސެލޯނާގައި ކުޅުނު ސުއަރޭޒްއާ ޖޯޑި އަލްބާގެ ކުޅުން ދެކިލުމަށް ނޭމާ ދަނޑަށްދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއާމީގައި މި ހަފްތާ އެއްކޮށް ކަހަލަ ގޮތަނަށް ނޭމާ ހޭދަކޮށްފައިވާއިރު، މިއާމީ ހީޓްގެ ބާސްކެޓްބޯޅަ މެޗެއް ބެލުމަށާއި މިއާމީ އޯޕަން ޓެނިސް މުބާރާތުގެ މެޗުތައް ބެލުމަށްވެސް ނޭމާ ދިޔައެވެ. އަދި މިއާމީ މާލިންސް ބޭސްބޯޅަ ޓީމަށް ސީޒަން ހުޅުވާ މެޗަށްވެސް ނޭމާއަށްވަނީ ދައުވަތު ދީފައެވެ.

މީގެ އިތުރުން ނޭމާވަނީ މިއާމީގައި، އިންޓަމިޔާމީގެ ކޯ އޯނަރު އަދި އިގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ދެމަފިރިންނާއެކު ރޭގަނޑުގެ ކެއުމެއްގައިވެސް ބައިވެރިވެފައެވެ. މި އިވެންޓްގެ ފޮޓޯ ބެކަމް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށްވަނީ ލިބިފައެވެ. ބެކަމްއާއެކު ރޭގަނޑުގެ ކެއުމެއްގައި ނޭމާ ބައިވެރިވެފައިވާއިރު، އެ ކްލަބަށް ނޭމާ ބަދަލުވާން އުޅޭ ކަމަށް އަޑުތައް ކުރިން އެރިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް