މިސްކިތްތަކުގައި ދަމު ނަމާދުކުރަން ފަށާނީ މެންދަމު 2 ޖަހާއިރުއެވެ.
މި ރޯދަމަހު މާލޭ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދުކުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ. އެގޮތުން މާލޭގެ 18 މިސްކިތެއްގައި ދަމު ނަމާދުކުރާނެއެވެ. ވިލިމާލޭގައި ދަމު ނަމާދުކުރާނީ 3 މިސްކިތެއްގައެވެ. ހުޅުމާލެ ފޭސް 1 ގެ 8 މިސްކިތެއްގައި އަދި ފޭސް 2 ގެ 3 މިސްކިތެއްގައި ދަމު ނަމާދު ޖަމާއަތުގައި ކުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މާލޭގައި ދަމު ނަމާދުކުރާ މިސްކިތްތައް
ވިލިމާލޭގައި ދަމު ނަމާދުކުރާ މިސްކިތްތައް
ހުޅުމާލޭގައި ދަމު ނަމާދުކުރާ މިސްކިތްތައް
ވައްގުއްބު މިސްކިތް / ފޭސް 1
އަޒީޒާ މިސްކިތް / ފޭސް 1
އުމަރު ބުނުލް ހައްތާބު / ފޭސް 1
ވާލިދައިނި މިސްކިތް / ފޭސް 1
ހުޅުމާލޭ ވަގުތީ މިސްކިތް (ނޭބަހުޑް 3) / ފޭސް 1
ރަޝީދު މިސްކިތް / ފޭސް 1
އަޞްދިގާ މިސްކިތް / ފޭސް 1
މުހައްމަދު މިސްކިތް / ފޭސް 1
ހަސަން އާދަމް މިސްކިތް / ފޭސް 1
އުސްމާން ބިން އައްފާން މިސްކިތް / ފޭސް 2
އަބީބަކުރިނިއްސިއްދީގު މިސްކިތް / ފޭސް 2
އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން ބުނީ ފަހު 10 އެއްގައި އިއުތިކާފަށް ތިބުމަށް މާލޭ ސަރަހައްދުން 16 މިސްކިތެއް ކަނޑައަޅާފައިވާކަމަށެވެ. އިއުތިކާފަށް ތިބުމަށް މާލެއިން ކަނޑައަޅާފައިވަނީ 8 މިސްކިތެވެ. ވިލިމާލެއިން 1 މިސްކިތެވެ. ހުޅުމާލެ ފޭސް 1 އިން 5 މިސްކިތް އަދި ފޭސް 2 އިން 2 މިސްކިތެވެ.