ads
ފުވައްމުލަކު ތައުލީމީ މަރުކަޒުގެ 5 ބުރީގެ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ފުވައްމުލަކު ސްކޫލުގައި 5ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފި
ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް އެޅުމުގެ މަަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓިކް ޓެކް އިންވެސްޓްމެންޓްއާ ކަމަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރި 35. 9 މިލިއަން ރުފިޔާއަށެވެ. އަދި މި އިމާރާތުގެ މަސައްކަތް ނިންމާ 420 ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެކަމަށްވެސް ތައުލީމީ ވުޒާރާއިން ބުނެއެވެ. 

މި މަަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ތައުލީމީ ވުޒާރާގެ ފަރާތުން ސޮއި ކުރީ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދުއެވެ. ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއި އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އިސްމާއިލް ޒަހުރާން ޒުބައިރުއެވެ. 

your imageއޮޅުވެލިފުށީ ސްކޫލަށް އިތުރުކުރާ ކްލާސްރޫމް އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން 

ތައުލީމީ ވުޒާރާއިން ވަނީ ޅ. އޮޅުވެލިފުށީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ 2 ބުރީގެ ޢިމާރާތެއް އެޅުމަށްވެސް އަމިއްލަ ބަޔަކާއި ހަވާލުކޮށްފައެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް މި މަސައްކަތް ހަވާލުކުރީ ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކީ 10.4 މިލިއަން ރުފިޔާއެވެ. 

މި މަސައްކަތުގެ އެއްބަސްވުމުގައި ތައުލީމީ ވުޒާރާގެ ފަރާތުން ސޮއި ކުރީ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދުއެވެ. ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރީ ޕްރޮޖެކްޓް މެނޭޖަރ ސަދީމް އިބްރާހީމްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް