ads
ރައީސް މުއިއްޒު، އަދި ފަޒުލް ބައެއް މިނިސްޓަރުންނާއިއެކު
ކޯލިޝަން ލަޝްކަރުގައި ރައީސް ވަރުގަދަކޮށް ދެމި ހުންނަވާނެ: ފަޒުލް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލަޝްކަރު ބިނާ ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭގައި ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ އަށް އެއްވެސް ދިރުމެއް ދެއްވުމަށް ރައީސް ޑރ. މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެފައިވާތީ އެކަމާ ގުޅުވައި ފަޒުލް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްގެ ލީޑަރޝިޕުން ނިންމި ނިންމުމާ އެއްގޮތަށް އެ އިންތިހާބުގައި ވާދަކުރަށްވައި ރައީސް މުއިއްޒު ވަނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯއްދަވައި ދެއްވުމުގެ މަސައްކަތް ފަށްޓަވާފައި ކަމަށެވެ.

"ރައީސް ޑރ. މުއިއްޒު ޕީޕީއެމްގެ ލަޝްކަރު ވަރުގަދަކޮށް ގައުމު ބިނާކުރުމަށް ދެމިހުންނަވާނެ." ފަޒުލް ވިދާޅުވި އެވެ.

ފަޒުލް މިހެން ވިދާޅުވެވާއިރު ކުރީގެ ރައީސް ޔާމީން ގެންދަވަނީ މިހާރު ރައީސް މުއިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެ މަނިކުފާނު ވަނީ ޕީޕީއެމް ދޫކޮށްލައްވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ފީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް މިފަހުން ވަނީ ޕީޕީއެމްއަކީ ވަކި މީހެއްގެ މިލްކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ގައުމިއްޔަތުގެ ފިކުރު ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް