ads
ރަފާ އަދި ދީމާ - ފޮޓޯ އެމްއޯސީ
ޓީޓީއަށް ބޮޑު އަހަރެއް، ގިނަ ޕްލޭންތަކެއް
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މި އަހަރަށް، ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބަޖެޓް ފާސްކުރީ އަހަރީ އާންމު ޖަލްސާ ބާއްވައިގެންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ، 3،903،741.80 ރުފިޔާ ގެ ބަޖެޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަޖެޓުގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އަށް ވަނީ އބޮޑުބައެއް ހިމަނައިފަ އެވެ. އެއީ މާލެ ސަރަހައްދުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް 770،802 ރުފިޔާ އަދި އަތޮޅު ތެރޭގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް އަށް 856،462 ރުފިޔާ އެވެ. އެސޯސިއޭޝަނުގެ ޕްލޭނަކީ ގދ. ތިނަދޫ، އައްޑޫ، ފުވައްމުލަކުގެ އިތުރުން ތ. ތިމަރަފުށީގައި ޓީޓީ ޕްރޮގްރާމްތައް ހިންގުމެވެ. މީގެ އިތުރުން، އަމްޕަޔަރުންނާއި ކޯޗުން ތަމްރީން ކުރުމުގެ ކޯސްތައް، ފުވައްމުލަށް، އައްޑޫ، ގދ. ތިނަދޫ، ކ. ތުލުސްދޫ، އއ. އުކުޅަސް، ޅ. ނައިފަރު، ރ. އުނގޫފާރު އަދި ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދަން ވަނީ ރާވައިފަ އެވެ.

ޓީޓީން މި އަހަރު ވާދަކުރާނެ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތެރޭގައި ހިމަނާފައިވަނީ، ބެންކޮކްގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫޓު ކޮންޓެންޑާ މުބާރާތް، ސްރީ ލަންކާގައި ހޯސްޓްކުރާ ސައުތު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް، ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތް، އިޓަލީގައި ބާއްވާ ވޯލްޑް ޔޫތު ކޮންޓެންޑާ މުބާރާތް، ޕޮލެންޑްގައި ބާއްވާ ވޯލްޑް ޔޫތު ކޮންޓެންޑާ މުބާރާތް، އަދި ރާއްޖޭގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ފީޑާ އިވެންޓްގެ އިތުރުން ސައުތު އޭޝިއާގެ ޖޫނިއާ އާއި ކެޑޭޓް ޗެމްޕިއަންޝިޕް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް