ads
ޑރ. މުއިއްޒު
ފަހު 10 އިގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ރައީސް އެދިވަޑައިގެންފި
މި ރަމަޟާން މަހުގެ ފަހު 10 ގެ ބޭނުން ހިފައި ގިނަ ވަގުތު އަޅުކަމުގައި އުޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް މިއަދު ޖަވާބު ދެއްވަން ފައްޓަވަމުން ރައީސް މުއިއްޒު ވަނީ ރަމަޟާން މަހުގެ ފަހު 10 ގެ ދަރުމަ ދިވެހި ރައްޔިތުންނަށް ލިބުމަށް އެދިވަޑައިގެން ދުއާ ކުރައްވާފަ އެވެ. އެ މަނިކުފާނު ވަނީ ފަހު 10 އިގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، އަޅުކަން ގިނަ ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ރޯދަ މަހުގެ ފަހު 10 ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން ފަސޭހަ ކުރުމަށްޓަކައި ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދު ކުރަން ނިންމަވާފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. 

އަދި ހެނދުނު ތެދުވެގެން މަސައްކަތަށް ދިއުމަށް ވުރެ މި ދުވަސްތަކަކީ އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީމަ ފަހު 10 ގެ ހެޔޮ ދަރުމަ އާއި ސަވާބު ހޯދުމަށް ދިވެހިންނަށް ވަރަށް ފަސޭހަވެގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރޯދަ މަހުގެ ފަހު 10 އިގެ ދުވަސްތައް އަޅުކަމަށް ހާއްސަކޮށް ދޭން ދިވެހި ދައުލަތުގެ ސަރުކާރަކުން ނިންމި މިއީ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް އަޅާ ރޯދަ ހަދިޔާ ރައްޔިތުންނަށް ބެހި އިރު ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދީ ވަކި މިންވަރެއް މައާފްކޮށްދެއްވާނެކަންވެސް ނިންމި އެވެ،

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް