ads
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓްގައި އެއާޕޯޓް ހޮޓަލެއް ހަދާނެ ބަޔަކު ހޯދަނީ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާޕޯޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލައިފިއެވެ.
Advertisement

އައިލޭންޑް އޭވިއޭޝަނުން ބުނި މާފަރުގައި ތަރައްޤީކުރާނީ 50 ކޮޓަރީގެ އެއާޕޯޓް ހޮޓަލެއްކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށްވެސް ފުރުސަތު ހުޅުވާލާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. 

އައިލޭންޑް އެވިއޭޝަނުން ބުނީ އެކުންފިނިން ޝައުގުވެރިވަނީ އިނޮވޭޓިވް ދެފަރާތައް ފައިދާހުރި ވިޔަފާރީގެ މޮޑެލްތައް ހުށައަޅާ ޕްރޮޕޯސަލްތަކަށްކަމަށެވެ.

އައިލޭންޑް އޭވިއޭޝަނުން ބުނީ މާފަރު އެއާޕޯޓްގައި 50 ކޮޓަރީގެ އެއާޕޯޓް ހޮޓަލަށް ހަދަން ޝައުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އަންނަމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ އެދުވަހު ރާއްޖޭ ގަޑިން 14:00 ކަމަށް އެކުންފުނިން ބުނެއެވެ. އަދި ޕްރޮޕޯސަލްތައް ހުށައަޅަންޖެހޭނީ ހަމައެކަނި އީމެއިލް މެދުވެރިކޮށްކަމަށްވެސް އައިލޭންޑް އޭވިއޭޝަނުން ބުނެއެވެ.

މި ހޮޓަލަކީ އައިލޭންޑް އޭވިއޭޝަންގެ ހިދުމަތް ފުޅާކޮށް ފަސިންޖަރުންނަށް ފަސޭހަ ކޮށްދިނުމަށް އެކުންފުނިން ވެފައިވާ ވައުދުގެ ތެރެއިން ކުރާކަމެއްކަމަށެވެ. 

މާފަރު އެއާޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީކޮށް ހުޅުއްވި އެއާޕޯޓެކެވެ. 60 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި އެއާޕޯޓަކީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދަށުން ތަރައްޤީކޮށްފައިވާ އެއާޕޯޓްއެކެވެ. މި އެއާޕޯޓް އެޅީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް