ads
ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: ރީޖަނަލް އެއާޕޯޓްސް
"މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާކަށް ނާންގާ"
އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރާ ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައި އޮތުމާ ގުޅިގެން އެއާޕޯޓް ހަދާ ސަރަހައްދަށް އެ ރަށުގެ ގިނަ ބަޔަކު ނުކުމެ ރޭ ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފަ އެވެ. އެމީހުން ބުނީ އެއާޕޯޓްގެ މަސައްކަތް ސަރުކާރުން ހުއްޓާލި ހުއްޓާލުން ބަލައި ނުގަނެވޭކަމަށެވެ. އަދި އެ މަސައްކަތް ފަށާ އެއާޕޯޓްގެ ހިދުމަށް އަވަހަށް ލިބޭނެ ގޮތް ހެދުމަށް އިހްތިޖާޖުކުރި މީހުން ވަނީ ގޮވާލާފައެވެ.

އެކަމާ ގުޅިގެން ޒިޔާދު ވިދަޅުވީ އެ އެއާޕޯޓުގެ މަސައްކަތް އަދިވެސް އެމްޓީސީސީގެ ޕްރޮޖެކްޓް ލިސްޓުގައި އެބައޮތް ކަމަށާއި، މަސައްކަތް ހުއްޓާލުމަށް ރަސްމީ އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ އެ މަޝްރޫއުގެ އެންމެ ރަނގަޅު މައުލޫމާތު ހާމަކޮށްދެވޭނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަށް ކަމަށެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ނިންމެން ވަރަށް ގާތްވެފައިވަނިކޮށް އެރަށާއި ދާދި ކައިރީގައި އޮންނަ ނިލަންދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ވަނީ މިިދިޔަ ބުދަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. 

ނިލަންދޫގައި އެއާޕޯޓްގެ މަސައްކަތް ހަވާލުކުރިއިރު އެ ދާއިރާއަށް އަންނަ ރައްޔިތުން މަޖލީހުގެ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތަކީ ދައުލަތުން 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް