ads
ވެޓެރަންސް މުބާރާތުގެ ތެރެއިން - ފޮޓޯ ވަގުތު ސްޕޯޓްސް
ލެގޫންސް އަތުން ސޮކަރމޭޓްސްއަށް ބޮޑު މޮޅެއް
ވެޓެރަންސް ލީގު 2024 ގައި މޯލްޑިވްސް ސޮކަރމޭޓްސްގެ ފަހު މެޗުގައި ލެގޫންސް ސްޕޯޓްސް ކުލަބު އަތުން ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

ގްރޫޕް ބީގައި އެމްއެސް މޭޓްސްއިން، ލެގޫންސް އަތުން މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗާ ކުރިމަތިލިއިރުވެސް މި ދެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕުން ސެމީއަށް ދިޔައީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މުއިވެޔޮ ފްރެންޑްސްއެވެ.

އެމްއެސް މޭޓްސްއާ ލެގޫންސް މެޗުގައި އެމްއެސް މޭޓްސްއިން ލީޑު ނަގާފައިވަނީ މެޗު 14 ވަނަ މިނެޓުގައި އަހްމަދު ނިޝާނެވެ. އޭގެ އިރުކޮޅެއް ފަހުން މުހައްމަދު މައުސޫމް ވަނީ ލަނޑެއް ޖަހައި، އެމްއެސް މޭޓްސްގެ ލީޑު ފުޅާކޮށްދީފައެވެ. އެމްއެސް މޭޓްސްގެ ތިންވަނަ ލަނޑު ޖެހީ މުހައްމަދު ނިހާން ނަސީރެވެ. ފަހު ދެ ލަނޑު ޖެހީ ނިޝާން އަދި  މޫސާ ހަސަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް