ads
ކޮމްޕެނީ މުބާރާތުގެ ތެރެއިން
ކޮމްޕެނީ މުބާރާތުގެ ފުރަތަމަ މެޗު ފްރެންޑްސްއަށް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގެ ފުރަތަމަ މެޗުން ފްރެންޑްސް މޯލްޑިވްސް މޮޅުވެއްޖެއެވެ.

ކޮމްޕެނީ މުބާރާތުގެ ގްރޫޕް އޭގެ ފުރަތަމަ މެޗުން ފްރެންޑްސް މޯލްޑިވްސް މޮޅުވީ އެލިއާ މޯލްޑިވްސްއާ ވާދަކޮށް 46 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ފްރެންޑްސް މޯލްޑިވްސް ކުޅެން އަރައި 137 ލަނޑު ހަދާފައެވެ. ޖަވާބުގައި އެލިއާ ކުޅެން އަރައި ހެދުނީ 91 ލަނޑެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުން އަސެންސޯ މޮޅުވީ ލަގްޒަރީ ލެގޫންސްއާ ވާދަކޮށް ތިން ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން އަސެންސޯ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 99 ލަނޑު ހަދާފައެވެ. ޖަވާބުގައި ލަގްޒަރީ ލެގޫންސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ.

މި އަހަރުގެ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް