ads
އެމްބާޕޭ އަދި އެންރީކޭ
އެމްބާޕޭގެ ހިޔާލު އަދިވެސް ބަދަލުވެދާނެ
ސްޓާ ފޯވާޑް ކިލިއަން އެމްބާޕޭ، ޕެރިސް ސެއިންޓް ޖާމައިން ދޫކޮށްލުމާ މެދު "އަދިވެސް ހިޔާލު ބަދަލުވެދާނެ" ކަމަށް ކޯޗު ލުއިސް އެންރީކޭ ހޮނިހިރު ދުވަހު ބުނެފި އެވެ.

އެމްބާޕޭގެ ވިސްނުން ބަދަލުވެދާނެ ކަމަށް ކޯޗު އެންރިކޭ ބުނީ ޕްރައިމް ވީޑިއޯއަށް ދިން އިންޓަވިޔުއެއްގައި ވާހަކަ ދައްކަމުންނެވެ. އެންރީކޭ މިހެން ބުނި ނަމަވެސް ސީޒަން ނިމުމަށް ފަހު ޕީއެސްޖީގައި މަޑު ނުކުރާނެ ކަން އެމްބާޕޭވަނީ ރަސްމީކޮށް ކްލަބަށް އަންގާފައެވެ.

"އަހަރެން އަދިވެސް އުންމީދު ކުރަނީ އެމްބާޕޭގެ ވިސްނުން ބަދަލުވާނެ ކަމަށް. އޭނާ އަދި އެއްވެސް އެއްޗެއް ނުބުނޭ. އަދިވެސް އޭނާގެ ވިސްނުން ބަދަލުކުރެވިދާނެ،" ޕްރައިމް ވީޑިއޯ އަށް ދިން އިންޓަވިއުއެއްގައި އުމުރުން 53 އަހަރުގެ ސްޕެއިންގެ ކޯޗު ބުންޏެވެ.

ފްރާންސްގެ ކެޕްޓަންގެ މުސްތަގުބަލާ މެދު ގިނަ ބަހުސްތަކަކަށް ފަހު، އެމްބާޕޭ ވަނީ މި ހޫނު މޫސުމުގެ ކޮންޓްރެކްޓް ނިމުމުން ޕާކް ޑެސް ޕްރިންސެސް ދޫކޮށްލާނެ ކަމަށް ފެބްރުއަރީ މަހު ޕީއެސްޖީއަށް ރަސްމީކޮށް އަންގާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ބަދަލުވާނީ ސްޕެއިންގެ ރިއާލް މެޑްރިޑަށެވެ. އެހެންނަމަވެސް ރަސްމީކޮށް އެ ކްލަބުންވެސް އެކަމާމެދު އެއްޗެއް ނުބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް