މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަންގެ ނަމުގައި ކަސްޓަމްސްގައި އަލަށް އުފެއްދި ސެކްޝަނަކީ، ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި ކަސްޓަމްސްގެ ކޮންޓްރޯލްޑް ސަރަހައްދުތަައް ބެލަހެއްޓުމުގެ މަސައްކަތް ކުރާނެ ތަނެކެވެ.
ކަސްޓަމްސްއިން ބުނީ މިއީ މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވިޔަ ނުދިނުމަށް ޑައިރެކްޓަރޭޓް އޮފް އެންފޯސްމެންޓް އެންޑް ބޯޑާ ސެކިއުރިޓީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ސެކްޝަނެއް ކަމަށެވެ.
ކަސްޓަމްސްގެ އާ ސެކްޝަނުން ބޭނުން ކުރަން ހަމަޖެހިފައިވާ ޔުނީފޯމް --
ކަސްޓަމްސްއިން ބުނި ގޮތުގައި މި ސެކްޝަނުގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ހާއްސަ ލޯގޯއަކާއި ޔުނިފޯމެއްގެ އިތުރުން އުޅަނދުފަހަރާއި އެހެނިހެން އާލާތްތައް ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމުގަ އެވެ.
ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް ކަސްޓަމްސްއިން އަލަށް އުފެއްދި ސެކްޝަންގެ މެންޑޭޓުގައި ހިމެނެނީ:
ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކުގައި ހިމެނޭ ގާނޫނާއި ގަވާއިދުތަކުން މަނާކޮށްފައިވާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުން ހުއްޓުވުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.