ads
ހުޅުމާލެ ޖަލު
ހުކުމް ތަންފީޒުކުރަމުން ދިޔަ ޤައިދީއަކު މަރުވެއްޖެ
ހުޅުމާލޭ ޖަލުގައި ކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މަރުވެފައިވަނީ ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒު (44 އަހަރު) ކަމަށެވެ. 

ކަރެކްޝަނުން ބުނީ ރޭ މަރުވީ އަހްމަދު އިޖާޒަށް ނޭވާލާން އުނދަގޫވެގެން މިމަހުގެ 8 ވަނަދުވަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އެ ހޮސްޕިޓަލުގައި އެޑްމިޓްކުރިކަމަށެވެ. އަދި އިޖާޒަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ޙާލަތު ދެރަކަމުން ޖެހިގެން އައިދުވަހު އެނާ އައިޖީއެމްއެޗަށް ބަދަލުކޮށް އައިސީޔޫގައި ފަރުވާދޭން ފެށިކަމަށާއި އޭގެ ފަހުން އޭނާއަށް ފަރުވާދެމުން އައި ވެންޓިލޭޓަރުގައި ބާއްވައިގެންކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. 

އަހްމަދު އިޖާޒު މަރުވިކަން ހޮސްޕިޓަލުން އެނގީ މިރޭ 22:30 ގައިކަމަށް ކަރެކްޝަނުން ބުނެއެވެ.

އަޙްމަދު އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ޙުކުމެއް ތަންފީޒުކުރުމުން އަންނަ މީހެކެވެ. އޭނާ ހުޅުމާލޭ ޖަލަށްލާފައިވަނީ މާރިޗު މަހުގެ 7 ވަނަދުވަހުއެވެ.  

އަޙްމަދު އިޖާޒު މަރުގެ މައުލޫމާތު އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް