ads
ހައުސިން ކޮމެޓީއަށް ގެނައި ބަދަލާއެކު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
އިތުރު 3 މެމްބަރުން ހިމަނާ، ހައުސިން ކޮމެޓީ ޗެއާއަކަށް އީނާސް
ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން ކޮމިޓީގެ ޗެއާއަކަށް އާމިނަތު އީނާސް ހަމަޖައްސައިފިއެވެ.

ހައުސިން ކޮމިޓީގެ ނަމުގައި އުފެއްދި ކޮމެޓީގެ ޗެއާއަކަށް ކުރިން ހަމަޖެއްސެވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވަނީ މިމަހުގެ 26 ވަނަދުވަހު ކޮމެޓީން އިސްތިއުފާދެއްވާފައެވެ. 

ހައުސިން މިނިސްޓްރީން ބުނީ އަނިސާ އިސްތިއުފާދެއްވީ ސިއްހީ ހާލަތު ހުރިގޮތުން އެ މަސައްކަތް ކުރެއްވުމަށް އުޒުރުވެރިވާތީކަމަށެވެ. 

ކޮމެޓީގެ ޗެއާއަކަށް އިނާސް ހަމަޖައްސާ ކޮމެޓީއަށް 3 މެމްބަރުން އިތުރުކޮށް މެމްބަރުންގެ އަދަދު ވަނީ 7 ބަދަލުކޮށްފައެވެ. 

އަލަށް ކޮމެޓީގައި ހިމެނި މެމްބަރުން 

  • ފާތުމަތު ސައީދު / ކުޅަވައްގެ ސ. ހުޅުދޫ 
  • އައިމިނަތު ޝާއިރާ / ދަނޑިމަގު ވާރޭވިލާ ، ޏ ފުވައްމުލައް

ކުރިން ކޮމެޓީގައި ތިއްބެވި މެމްބަރުން 

  • އާމިނަތު އީނާސް / ހ. ހަބަރުގެ 
  • އަހުމަދު އަލި މަނިކު / ގ. ވިޔަވަތި
  • އަބްދުލްއަޒީޒު ޔޫސުފް / މ. ދޫނިހުރާ
  • މަރިޔަމް ފިޒާނާ ރަޝީދު / މ. ޒޭވަރު

ހައުސިން މިނިސްޓްރީން ބުނީ "ބިންވެރިޔާ" އާއި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން މިކޮމިޓީއަކީ އެމަޝްރޫއުތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށާއި އަދި އެމައްސަލަތަކާއި ގުޅިގެން ކަންކުރަންޖެހޭ ގޮތާއި ގުޅޭގޮތުން އަދި ގޮތް ނިންމުމަށްޓަކައި ލަފާދޭން ރައީސް މުއިއްޒުގެ ލަފާގެ މަތިްނ އުފެއްދި ކޮމެޓީއެކެވެ. 

މި  ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށްްދާކަމަށާއި ކޮމެޓީން ނިންމާ ނިންމުންތައް އާއްމުކުރާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް